ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-MJA-C/2019/05
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 16:35
ސުންގަޑި: 26 ފެބުރުވަރީ 2019 14:00
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ
ދިވެހިރާއްޖެ
ސިސްޓަމް އެޑްމިނިސްޓްރޭޓަރ

`

          

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

    މާލެ، ދިވެހިރާއްޖެ  

އިޢުލާން

މި އެކަޑަމީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރ ގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި، މި އެކަޑަމީން ކޮށްފައިވާ ނަންބަރު 198MJA-C/2019/01 (ޖަނަވަރީ 2019، 06) އިޢުލާނާ ގުޅިގެން، އެކަށީގެން ވާ އަދަދަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ، މި އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރު:   198MJA-C/2019/05  

ތާރީޚް: 12 ފެބުރުވަރީ 2019

މަޤާމު

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ރޭންކް: އެމް.އެސް 3

ޢަދަދު

01

މަސައްކަތް ކުރާން ޖެހޭ ތަން

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ / ވިލިމާލެ

އަސާސީ މުސާރަ

މަހަކު -/7,035 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/2,000

- ލިވިންގ އެލަވަންސް: މަހަކު -/3,000

- ކަނޑައެޅިފައި ވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތު ކޮށްދިނުމާ އެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤު ވާ މާކުހެއް ލިބެމުން ދިޔުމާ އެކު، MS2  ރޭންކުގައި މަދު ވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

  • އެކަޑަމީގެ އައިސީޓީގެ މަސައްކަތްތައް ކުރާ މުވައްޒަފުންގެ ސުޕަވައިޒަރެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށް، އެ މުވައްޒަފުންނަށް ބޭނުން ވާ އިރުޝާދާއި ލަފާ ދިނުމާއި، އައިސީޓީއާ ގުޅޭ މަސައްކަތްތަކުގައި އެ މުވައްޒަފުން ބައިވެރި ކޮށް، އެމީހުންގެ އެހީތެރިކަން ހޯދައިގެން މަސައްކަތްތައް ކުރަމުން ގެންދިޔުން.
  • އިންފޮރމޭޝަން އެންޑް ކޮމިޔުނިކޭޝަންސް ޓެކްނޯލޮޖީއާ ބެހޭ ކަންކަމުގައި ގޮތް ނިންމެވުމަށް ޓަކައި އެކަޑަމީގެ ޗާންސެލަރގެ ބިޔުރޯ އާއި ޑިވިޜަންތަކަށް ކަމާބެހޭ ދިރާސާތަކުގެ އަލީގައި މައުލޫމާތާއި ލަފާ އެރުވުން.
  • ޕްރައިވެޓް އޮޓޮމެޓިކް ބްރާންޗް އެކްސްޗޭންޖާ އެކު ގާއިމު ކުރެވޭ ޓެލެފޯން ކޮމިޔުނިކޭޝަނުގެ ނިޒާމާއި، އިންޓަރނެޓާއި ވަޔަރުލެސް ސިސްޓަމްތަކުގެ ނިޒާމާއި، ލޯކަލް އޭރިޔާ ނެޓްވޯރކުގެ ނިޒާމާއި، ޑޭޓާ ސްޓޯރޭޖް ސިސްޓަމާއި، ބެކަޕް ސިސްޓަމާއި، އައިޓީ ސެކިޔުރިޓީގެ ނިޒާމާއި، އެކަޑަމީގެ ފަރާތުން ދޫ ކުރާ ސެޓުފިކެޓު ފަދަ ލިޔުންތަކުގައި ޖަހާ ބާކޯޑުގެ ނިޒާމާއި، ސްޓާފް އެޓެންޑެންސް މޮނިޓަރިންގގެ ނިޒާމާއި، އޯޑިއޯ ވީޑިޔޯ ކޮންފަރެންސިންގގެ ނިޒާމާއި، އެކަޑަމީގައި ބޭނުން ކުރާ ޓީވީ އާއި ކޭބަލް ޓީވީ ޚިދުމަތުގެ ނިޒާމާއި، ސައުންޑް ސިސްޓަމްތަކާއި، އިލެކްޓްރޯނިކް މެއިލިންގ އަދި ޑޮކިޔުމެންޓް މެނޭޖްމަންޓް ސިސްޓަމްތައް ހިމެނޭ ގޮތުން، އެކަޑަމީއަށް ބޭނުން ވާ އިންފޮރމޭޝަން އެންޑް ކޮމިޔުނިކޭޝަންސް ޓެކްނޯލޮޖީގެ މުޅި ނިޒާމު ފަރުމާ ކޮށް، ކޮންފިގަރ ކުރުމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން އެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތްތައް ކުރުމާއި، އެ ނިޒާމު ބެލެހެއްޓުމާއި، އެ ނިޒާމަށް ދިމާ ވާ މައްސަލަތައް ހައްލު ކުރުމާއި، އެ ނިޒާމު ތަރައްގީ ކުރުމުގެ ކަންކަން ބެލެހެއްޓުމާއި، އައިސީޓީ ޕްރޮޓޮކޯލްތަކާއި ޕޮލިސީތައް އެކުލަވައިލައި ފާސް ކުރުމަށް ޓަކައި ޗާންސެލަރގެ ބިޔުރޯއަށް ހުށަހެޅުން.
  • އެކަޑަމީގެ އިދާރީ އޮފީހާއި، ލައިބްރަރީ އާއި ކޮންވެންޝަން ހޯލާއި އޮޑިޓޯރިޔަމް ފަދަ ފެސިލިޓީތަކާއި، ދަނާލު ފަދަ ތަންތަނުގައި ގާއިމު ކުރެވޭ އައިސީޓީގެ ނިޒާމުގައި ބޭނުން ކުރެވޭ ހާރޑްވެއަރ އާއި ސޮފްޓްވެއަރ ފަދަ ވަސީލަތްތަކާއި ތަކެތި ހޯދުމުގެ ކުރީން، އެ ވަސީލަތްތަކާއި ތަކެއްޗަކީ އެއިން ކުރާ ބޭނުމާއި އަގާ ނިސްބަތް ކުރާ އިރު އެކަށީގެން ވާ، އަދި ކޮޕީރައިޓުގެ ގާނޫނުތަކާ ޚިލާފު ނުވާ ގޮތެއްގެ މަތީން ހޯދޭ އަދި ޖެނުއިން/އޮރިޖިނަލް ތަކެތި ތޯ ބަލައި ކަށަވަރު ކުރުމާއި، އެ ތަކެތި ހޯދުމާއި، ލައިސަންސް ހޯދާން ޖެހޭ ތަކެތީގެ ލައިސަންސް ހޯދައި ލައިސަންސްތައް ބެލެހެއްޓުމާއި، ޑްރައިވަރތަކާއި ސޮފްޓްވެއަރތައް އިންސްޓޯލް ކޮށް ކޮންފިގަރ ކުރުމާ ބެހޭ ޕްރޮސީޖަރތައް އެކުލަވައިލައި އެއާ އެއްގޮތަށް މަސައްކަތް ކުރުމާއި، ސޮފްޓްވެއަރތަކާ އެކުގައި ލިބޭ ޑްރައިވަރ ސީޑީ ފަދަ އެންމެހައި ތަކެތި ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގެ ކަންކަން އިންތިޒާމު ކުރުމާއި، އެކަޑަމީގެ އައިސީޓީ ސިސްޓަމުގެ ފުލް ޕްރޮފައިލް ޑައިގްރާމްތަކާ އެކު ތައްޔާރު ކޮށް ބެލެހެއްޓުން.
  • އެކަޑަމީގެ އިދާރީ އޮފީހާއި އެކަޑަމީގެ މަސައްކަތްތައް ހިނގާ އެހެން ތަންތަނުގައި ގާއިމު ކުރެވޭ ކޮމްޕިޔުޓަރ ވިޔުގައިގައި ހިމެނޭ ކޮމްޕިޔުޓަރުތަކުގައި އެކަޑަމީގެ މުވައްޒަފުންނަށް ބޭނުން ކުރެވޭނޭ ގޮތަށް ޔޫޒަރ އެކައުންޓްތައް އުފައްދައި، އެ އެކައުންޓުތަކުގެ ޕާސްވޯރޑްތަކާއި ސެކިޔުރިޓީގެ ކަންކަން ބެލެހެއްޓުމާއި، މި ކަންކަން އައިސީޓީ ޕްރޮޓޮކޯލްތަކާއި ޕޮލިސީތަކާ އެއްގޮތަށް ކުރުން.
  • އެކަޑަމީގެ މުވައްޒަފުންގެ މަސައްކަތަށް ބޭނުން ވާ ވަސީލަތެއްގެ ގޮތުގައި ދެވޭ އިންޓަރނެޓުގެ ޚިދުމަތް ވީ އެންމެ ރަނގަޅަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އިންޓަރނެޓުގެ ޚިދުމަތަށް ދިމާ ވާ މައްސަލަތައް ހައްލު ކުރުމުގެ ކަންކަން އިންތިޒާމު ކޮށް ބެލެހެއްޓުން.
  • އެކަޑަމީގައި ހުންނަ ކޮމްޕިޔުޓަރުތައް ވައިރަހުން ރައްކާތެރި ކުރުމަށް ޓަކައި ގާއިމު ކުރާން ޖެހޭ ސަލާމަތީ ނިޒާމުތައް ބަޖެޓު ތަންދޭ އެންމެ ފުރިހަމަ ގޮތެއްގައި ގާއިމު ކުރުމާއި، ވައިރަހުގެ މައްސަލައެއް ކޮމްޕިޔުޓަރަކަށް ދިމާ ވެއްޖެ ކޮންމެ ހާލަތެއްގައި، އެ މައްސަލައަށް ވަގުތުން އެޓެންޑު ކުރުން.
  • އެކަޑަމީގެ މުވައްޒަފުން ބޭނުން ކުރާ ގަވަރންމަންޓް އިލެކްޓްރޯނިކް މެއިލިންގ ސިސްޓަމް (ޖެމްސް) ގެ ޔޫޒަރ އެކައުންޓުތަކުގެ ކަންކަން ބިޔުރޯއިން ޑިވިޜަނަށް އަންގާ ގޮތެއްގެ މަތީން ބެލެހެއްޓުމާއި، މި ނިޒާމު ބޭނުން ކުރުމުގައި މުވައްޒަފުންނަށް ބޭނުން ވާ އައިސީޓީ ސަޕޯޓު ދިނުމާއި، އެކަޑަމީން ނުވަތަ އެކަޑަމީގެ ޑިވިޜަނަކުން ރަސްމީ ސިޓީ ފޮނުވުމަށް ޓަކައި ސިޓީގައި ނަންބަރު ޖެހުމުގެ ކަންކަން މެނޭޖް ކުރާ އައިޓީ ނިޒާމު ބެލެހެއްޓުން.
  • އެކަޑަމީގެ އައިސީޓީ ނިޒާމު ތަރައްގީ ކުރުމާ ބެހޭ ދިރާސާތައް ކޮށް އެ ދިރާސާތަކުގެ އަލީގައި އެ ނިޒާމުގެ ހާރޑްވެއަރ އަދި ސޮފްޓްވެއަރ ޕްލެޓްފޯމުތައް ތަރައްގީ ކޮށް އަދާހަމަ ކުރުމުގެ ކަންކަން ރާވައި ހިންގުން.
  • އެކަޑަމީގެ އައިސީޓީ ނިޒާމު ގާއިމުތައް ކުރެވިފައި ވާ ގޮތާއި، އެ ނިޒާމު ރައްކައުތެރި ގޮތުގައި އަދި ޚަރަދު ކުޑަކޮށް ބޭނުން ކުރުމާ ބެހޭ މައުލޫމާތު އެކަޑަމީގެ މުވައްޒަފުންނަށް ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ރާވައި، އެ ޕްރޮގްރާމް ހިންގުމާއި، އައިސީޓީ ނިޒާމާ ބެހޭގޮތުން މުވައްޒަފުންގެ އޮރިއެންޓޭޝަން ޕްރޮގްރާމުގައި ބޭނުން ކުރެވޭނެ ލުއިފޮތާއި ޕްރެޒެންޓޭޝަން ފަދަ ތަކެތި ތައްޔާރު ކުރުމާއި، އޮރިއެންޓޭޝަން ޕްރޮގްރާމުގައި މައުލޫމާތު ދިނުމާއި، އައިސީޓީގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތަކުގައި ގަޑި ނަގައިދޭން ޖެހޭ ހާލަތުތަކުގައި އެކަން ކުރުން.
  • ޗާންސެލަރުގެ ބިޔުރޯގެ ލަފާގެ މަތީން، އެކަޑަމީގެ ވެބްސައިޓު ފަރުމާ ކޮށް ތައްޔާރު ކުރުމުގެ މަސައްކަތް އިންތިޒާމު ކުރުމާއި، ވެބްސައިޓް އަހަރުން އަހަރަށް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް އިންތިޒާމު ކުރުމާއި، ވެބްސައިޓަށް ދިމާ ވާ އައިސީޓީއާ ގުޅުން ހުރި މައްސަލަތައް ހައްލު ކޮށްދިނުމާއި، ވެބްސައިޓު ބެލެހެއްޓުމުގައި އައިޓީ އާއި ވެބް ޑިޒައިނިންގ އާއި ވެބް ހޯސްޓިންގެ ދާއިރާތަކުން ކުރާން ޖެހޭ ކަންކަން ކުރުން.
  • ޗާންސެލަރުގެ ބިޔުރޯއިން އެދޭ ގޮތެއްގެ މަތީން، އެކަޑަމީގެ ސެންޓްރަލް މެސެޖިންގ ސިސްޓަމް ގާއިމު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، އެ ސިސްޓަމަށް ދިމާ ވާ ފަންނީ މައްސަލަތައް ހައްލު ކޮށްދިނުން.
  • ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ އައިސީޓީ މުވައްޒަފުންނަށް އަމާޒު ކޮށްގެން ހިންގާނެ ތަމްރީނު ޕްރޮގްރާމްތައް ފަރުމާ ކުރުމަށް ޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކޯޓުތަކުން ބޭނުން ވާ މައުލޫމާތު ހޯދައި އެއް ކުރުމާއި، އެ ޕްރޮގްރާމްތަކުގެ ކަރިކިޔުލަމް ތައްޔާރު ކުރުމުގައި ޕްރޮގްރާމްސް އެންޑް ޕަބްލިކޭޝަންސް ޑިވިޜަނަށް ބޭނުން ވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • އައިސީޓީގެ ނިޒާމުތަކާއި ވަސީލަތްތަކުގެ ހާރޑްވެއަރ އާއި ސޮފްޓްވެއަރ ގާއިމު ކޮށް، އިންސްޓޯލް ކޮށް، ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ ހުނަރާއި އިލްމާއި، އެ ތަކެއްޗަށް ދިމާ ވާ އާއްމު މައްސަލަތައް ހައްލު ކޮށް، ޓްރަބަލްޝޫޓިންގެ ކަންކަން ކުރުމުގެ ހުނަރާއި އިލްމު
  • ދިވެހި ބަހާއި އިނގިރޭސި ބަހުން މުއާމަލާތު ކުރުމުގެ ގާބިލިއްޔަތާއި މި ބަސްތަކުން އެކަށީގެން ވާ ފެންވަރެއްގައި ލިޔުންތައް ލިޔުމުގެ ހުނަރާއި ގާބިލިއްޔަތު
  • އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމާއި އެކަށީގެން ވާ ގޮތެއްގައި މީހުންނާ މުއާސަލާތު ކުރުމުގެ ގާބިލިއްޔަތު
  • ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ޓަކައި އިސް ނަގައިގެން މަސައްކަތް ކުރުމުގެ ގާބިލިއްޔަތު
  • ކަންކަން ރާވައި ޕްލޭން ކުރުމާއި، ވަގުތު މެނޭޖު ކުރުމުގެ ގާބިލިއްޔަތު
  • އިންތިޒާމީ ގޮތެއްގައި މަސައްކަތް މެނޭޖު ކުރުމުގެ ހުނަރާއި ގާބިލިއްޔަތު
  • މައްސަލަތައް ހައްލު ކުރުމާއި ހަރުދަނާ ނިންމުންތައް ނިންމުމުގެ ހުނަރާއި ގާބިލިއްޔަތު
  • ދިރާސާ ކުރުމުގެ އިލްމާއި ހުނަރާއި ގާބިލިއްޔަތު
  • މައުލޫމާތު ގިންތި ކުރުން ފަދަ ކަންކަމުގެ ގާބިލިއްޔަތު

ހުށަހަޅާން ޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް ކުރިމަތި ލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
  4. ލިބިފައި ވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
  5. މަޤާމަށް ކުރިމަތި ލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައި ވާ ކޯހެއް ފުރިހަމަ ކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާ އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
  6. އަދާ ކޮށްފައި ވާ އަދި މިހާރު އަދާ ކުރާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު، އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)

ސުންގަޑި

26 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވާން ޖެހޭ ވަޒީފާއަށް އެދޭ ފޯމު މި އެކަޑަމީގެ ރިސެޕްޝަނުންނާއި، މިއެކަޑަމީގެ ވެބްސައިޓް: www.judicialacademy.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނެ ނަންބަރު: 3396880
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާ އެކު ހުށަހަޅާން ޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާން ކުރެވިފައި ވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައި ނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާ އިރު ހުށަހަޅާފައި ވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.
       

 

12 ފެބުރުވަރީ 2019