މަސައްކަތް
ނަންބަރު: (IUL)450-CA/1/2019/6
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 24 ފެބުރުވަރީ 2019 14:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޤާނޫނު ނަމްބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު)ގެ ދަށުން އަނިޔާ ލިބޭ މީހުންނަށް ކައުންސެލިންގ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ.

މި އިޢުލާންވަނީ 17 ފެބުރުވަރީ 2019 11:54 ގައި ބާތިލް ކުރެވިފައެވެ.


ޤާނޫނު ނަމްބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު)ގެ ދަށުން އަނިޔާ ލިބޭ މީހުންނަށް ކައުންސެލިންގ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ.   

        ޤާނޫނު ނަމްބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު)ގެ (64) ވަނަ މާއްދާގެ ދަށުން 'ކުށުގެ ޝިކާރައަށްވާ ފަރާތްތައް ނަފްސާނީ ގޮތުން ދިމާވެދާނެ އުނދަގުލެއް ލުއި ކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމުގައި ބޭނުންވާ ކައުންސެލިންގ މި އޮތޯރިޓީގެ ހަރަދުގައި، މި އޮތޯރިޓީން އިންތިޒާމް ކުރާ އުސޫލެއްގެ މަތިން، މި އޮތޯރިޓީން ކަނޑައަޅާ ތަނެއް ނުވަތަ ބަޔަކު މެދުވެރިވެގެން ހަމަޖައްސާދިނުން' އެއީ މި އޮތޯރިޓީން ކުރަންޖެހޭނެ ކަމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މި ކައުންސެލިންގ ގެ ހިދުމަތް ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި އެވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

 

މަސައްކަތް

ޖިންސީ ކުށުގެ ޤާނޫނުގެ (17/2014) ދަށުން އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން 

ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައުލޫމާތު

 

  1. ހިދުމަތްފޯރުކޮށްދޭން އެދޭ ފަރާތް/ ކްލިނިކް ޕްރޮފައިލް ( އެފަރާތަކުން ފޯރުކޮށްދޭ ނަފްސާނީ ހިދުމަތްތައް ތަފްސީލް ކޮށް އެނގޭގޮތަށް ބަޔާންކުރެވިފައިވުން)
  2. ހިދުމަތްފޯރުކޮށްދިނުމަށް އެދޭ ފަރާތް/ ކްލިނިކް ހިމެނޭ ދާއިރާއާ ގުޅޭ ތަޖުރިބާކާރުންގެ ވަނަވަރު (މަސައްކަތުގައި ލިބިފައިވާ ތަމްރީނާއި ތަޖުރިބާ، މަސައްކަތުގައި ހަރަކާތެރިވެފައިވާ އަހަރާއި މުއްދަތު ބަޔާންކުރެވިފައިވުން)
  3. ހިދުމަތް ފޯރުކޮށްދިނުމުގެ އަގު ތަފްސީލްކޮށް އެނގޭ ގޮތަށް ބަޔާން ކުރެވިފައިވާ ވުން (ސިންގަލް ސެޝަންސް ނޫނީ ތެރަޕީ ޕެކޭޖްތަކުގެ އަގު ވަކިން ބަޔާންކުރެވިފައިވުން)

ހުށަހަޅަންޖެހޭ އިތުރު ލިޔެކިޔުން

  1. ހިދުމަތްފޯރުކޮށްދޭން އެދޭ ފަރާތް/ ކްލިނިކް މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީ ކުރެވި ޕްރެކްޓިސްކުރުމުގެ ލައިސެންސް ލިބިފައިވާ ފަރާތެއް/ކްލިނިކް އެއްކަން އަންގައިދޭ ލިޔުން
  2. ހިދުމަތްފޯރުކޮށްދިނުމަށް އެދޭ ފަރާތް/ ކްލިނިކްގައި ހިމެނޭ ދާއިރާއާ ގުޅޭ ތަޖުރިބާކާރުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވެފައިވާކަމުގެ ލިޔުން.

ޕްރޮފޯސަލް އިވެލުއޭޓްކުރުމުގައި ބަލާނެ މިންގަނޑުތައް

  1. ޓެކްނިކަލް ކެޕޭސިޓީ %30
  2. ތަޖުރިބާ/ ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު %20
  3. ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ ފެންވަރު 
  4. ޚިދުމަތަށް ހުށަހަޅާފައިވާ ފީ %40

އިތުރު ތަފްސީލް

 

މި ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ މަތީން އޮތޯރިޓީން ހިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ މީހުންނަށެވެ. އަދި، މި ހިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތަކަށް މި މަސައްކަތް ހަވާލުކުރެވޭނީ އޮތޯރިޓީއާ އެކު އެއްބަސްބެވޭ އެއްބަސްވުމެއްގެ ދަށުން އޮތޯރިޓީން ކަނޑައަޅާ މުއްދަތަކަށެވެ.

 

ވީމާ، މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 24 ފެބްރުއަރީ 2019  ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.  ސުންގަޑީގެ ކުރިން އީމޭލް މެދުވެރިކޮށް [email protected] އަށް ފޮނުވާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.

އިތުރު މައުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

12 ފެބްރުއަރީ 2019

12 ފެބުރުވަރީ 2019