ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-23/PRIV/2019/05
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 21 ފެބުރުވަރީ 2019 11:00
މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2019 ވަނަ އަހަރު ކުރަންޖެހޭ ބައެއް މަރާމާތު

 

 

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި ، ދިވެހިރާއްޖެ

                                            

                                                ނަންބަރ: (IUL)GS-23/PRIV/2019/05

 

 

 

2019 ވަނަ އަހަރަށް ކުރަންޖެހޭ ބައެއް މަރާމާތު


             މި މަރުކަޒުގައި 2019 ވަނަ އަހަރަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ތިރީގައި މިދަންނަވާ މަރާމާތުތައް ކޮންދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެވެ.

  1. ފައުންޑޭޝަން ސްޓޭޖްގެ ކުލާސްތަކާއި ގްރޭޑް 1 އަދި 2 ގެ ކުލާސްރޫމުގެ މަރާމާތު
  2. ސީލިންގ މަރާމާތު
  3. ބޮޑު ހޯލުގެ ލައިޓްތައް ބަދަލުކުރުން
  4. ކުޅޭބިން މަރާމާތުކުރުން ( ފެންސް ޖެހުން )
  5. އެސެމްބްލީ ސައުންޑް ސިސްޓަމް މަރާމާތުކުރުން

 

              ވީމާ، އަމިއްލަ ތަކެތީގައި މިކަންތައްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ

.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

21 ފެބްރުއަރީ 2019 ވަނަ ދުވަހުގެ ހެނދުނު 11.00 އަށް

26 ފެބްރުއަރީ 2019 ވަނަ ދުވަހުގެ ހެނދުނު 11.00 އަށް

 

 މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު، ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

 

07 ރަބީޢުލްއާޚިރާ  1440

                           12 ފެބްރުއަރީ 2019

 

 

 

                                                      އަޙްމަދު ނާހިދު    

                                                   ޕްރިންސިޕަލް   

ފޯނު ނަންބަރ: 7952901 ފެކްސް ނަންބަރ: 6720002  / މ. އަތޮޅު ތަޢުލީމީ މަރުކަޒު

Email: [email protected]

                                             

 

12 ފެބުރުވަރީ 2019