މަސައްކަތް
ނަންބަރު: (IUL)221-ASS/221/2019/10
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 18 ފެބުރުވަރީ 2019 10:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދެ އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީގެ ސެކިޔުރިޓީ އާއި އަލިފާން ނިއްވާ ނިޒާމް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް.

ނަންބަރ: IUL)221-ASS/221/2019/10) 

 

އިޢުލާން

ދެ އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީގެ ސެކިޔުރިޓީ އާއި އަލިފާން ނިއްވާ ނިޒާމް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އޮތޯރިޓީގެ އޮފީސް އިމާރާތުގައި މިހާރު ބޭނުން ކުރަމުންދާ އިލެކްޓްރޯނިކްސް އެލާރމް ސިސްޓަމާއި، ސީސީޓީވީ ކެމެރާ ފަދަ އާލަތްތައް މެދުވެރިކޮށް އޮފީސް އިމާރާތް މޮނިޓަރ ކޮށް ބެލެހެއްޓުމާއި، އޮފީހުގެ އަލިފާން ނިއްވާ ނިޒާމް ސަރވިސްކޮށް ދެއަހަރުގެ މުއްދަތަށް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: IUL)221-ASS/221/2019/4) އިއުލާނާއި ގުޅިގެން ދެވުނު މައުލޫމާތު ޝީޓުގެ ލޮޓް 01 އަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުބޮޑު ކަމަށް ފެންނާތީ އެ އަންދާސީ ހިސާބުތައް ބާތިލްކުރުމަށްފަހު އަލުން މި މަސައްކަތް ކޮންދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 18 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އޮތީރިޓީ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންވަމެވެ.

          

   

 

                             07  ޖުމާދަލްއާޚިރާ   1440 

                               

 

 

 

12 ފެބުރުވަރީ 2019