މުބާރާތް
ނަންބަރު: (IUL)160-A/1/2019/15
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 14 ފެބުރުވަރީ 2019 12:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
މިޞްރުގެ ޤާހިރާގައި އޮންނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު

26 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ރިސައިޓް އޮފް ދަ ހޮލީޤުރުއާން

 

މިޞްރު/ ޤާހިރާގައި 2019 ވަނަ އަހަރު މާރީޗު 23 ން 29 ށް  ބޭއްވުމަށް ހަމަޖެހިފައިވާ "26 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ރިސައިޓް އޮފް ދަ ހޮލީޤުރުއާން" ގައި ބައިވެރިވުމުގެ ދައުވަތުވަނީ ރާއްޖެއަށް ލިބިފައެވެ. އަދި ތިރީގައިއެވާ ޝަރުޠުތަކާ އެއްގޮތަށް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު މިޞްރު ސަރުކާރުން ދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

 

ބައިވެރިވުމުގެ ޝަރުޠު

 

  1. މި މުބާރާތުގެ ފައިނަލް ބުރުގައި މީގެކުރިން ބައިވެރިވެފައި ނުވުން.
  2. ބައިނަލް އަޢްވާމީ މުބާރާތެއްގައި މީގެކުރިން ބައިވެރިވެ އެ ކެޓަގަރީން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
  3.  ޢުމުރުން 30 އަހަރުފުރިހަމަ ވެފައި ނުވުން.
  4. މުޅި ޤުރްއާން ހިތުދަސް މީހަކަށްވުމާއެކު ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށާއި ކުރުރާގަށް ކިޔަން އެނގުން ނުވަތަ މުޅި ޤުރްއާން ހިތުދަސްކޮށްގެން ތިލާވަތުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން އެނގުން.
  5. އިސްލާމީ އުއްމަތުގައި މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.

 

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިން ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2019 ފެބުރުވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

11 ފެބުރުވަރީ 2019