ދިވެހިރާއްޖެ
2019 ޖަނަވަރީ 1 އިން 2019 ޑިސެމްބަރ 31 އަށް މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުމަށް ކުރެވުނު ނަމްބަރ GS110-IUL/2018/25 އިއުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އަލުން އިއުލާން ކުރަމެވެ.
2019 ޑިސެމްބަރ 31 ގެ ނިޔަލަށް މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. އަދި ކުއްޔަށް ދޫކުރުމަށް ހުށަހަޅާ ގޭގައި މަދުވެގެން ދެ ކޮޓަރި، ސިޓިންގ ރޫމް، ކާގެ، ބަދިގެ އަދި ލޯންޑަރީ ބައި ހިމެނެންވާނެއެވެ.
ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
2019 ފެބުރުއަރީ 20 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި. |
ބީލަން ހުށަހަޅުން / ބީލަން ހުޅުވުން |
2019 ފެބުރުއަރީ 27 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި. |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު ބީލަން ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތުގެ ބީލަން ފޮތް މިސްކޫލުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540582 ނަންބަރު ފޯނާއެވެ.
11 ފެބުރުއަރީ 2019