މުބާރާތް
ނަންބަރު: MCA/IUL/003/2019
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި:
14 ފެބުރުވަރީ 2019 14:00
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤައުމީ ޗެސް މުބާރާތް 2018
MCA/IUL/003/2019
އިޢުލާން
2018 ވަނަ އަހަރުގެ ގައުމީ ޗެސް މުބާރާތާއި ބެހޭގޮތުން މި އެސޯސިއޭޝަން އިން 28 ނޮވެންބަރު 2018 ގައި ކުރި އިޢުލާން ނަންބަރު MCA/IUL/006/2018 އާއި، 23 ޑިސެންބަރު 2018 ވަނަދުވަހު ކުރި އިޢުލާނު ނަންބަރު MCA/IUL/007/2018 އާއި ޙަވާލާދީ ދަންނަވަމެވެ.
މަތީގައި ބަޔާން ކުރެވިފައިވާ އިޢުލާން ތަކުގައި ބަޔާންކޮށްފައިވާ 2018 ވަނަ އަހަރުގެ ގައުމީ ޗެސް މުބާރާތް ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚަކީ: 18، 19 އަދި 20 ފެބްރުއަރީ 2019 އެވެ.
ތިރީގައިވާ އުސޫލުތަކާއި، ގަވާއިދުތަކާއި، ތާވަލާއި އެއްގޮތަށް މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލަމެވެ.
- މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ 28 ނޮވެމްބަރ 2018 ގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ކްލަބްތަކަށް އެކަންޏެވެ. އިންޑިވިޖުއަލް ކެޓެގަރީއެއް ނޯންނާނެއެވެ.
- މަތީގައި ބަޔާންކުރެވިފައިވާ މުބާރާތަކީ 23ޑިސެމްބަރ 2018 ގައި ބޭއްވުމަށް ކަނޑައެޅި އަދި ފަހުން ތާރީޚެއް ނެތް ގޮތަށް ލަސްކުރެވިފައިވާތީވެ ބައިވެރިވެފައިވާ ޓިމްތަކަށް އަލުން ކުޅުންތެރިން ލިސްޓަށް އިތުރުކުރުމަށް ހުޅުވާލާ ފުރުސަތެކެވެ.
- ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ 14 ފެބްރުއަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
- ކުލަބުތައް މިހާރު ރަޖިސްޓަރި ވެފައި އޮތުމުން އިތުރު ކުލަބަކަށް ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެއެވެ.
- މި މުބާރާތަކީ ރެޕިޑް މުބާރާތެކެވެ. ޓައިމް ކޮންޓްރޯލް އަކީ 15 މިނެޓް އަދި އިންކްރިމެންޓަލް 10 ސިކުންތު ކަމުގައި ދަންނަވަމެވެ.
- މި މުބާރާތުގެ ޤަވާއިދު މި އިއުލާނާއެކު މި ވަނީއެވެ.
- ޓެކްނިކަލް މީޓިން އޮންނާނީ 17 ފެބްރުއަރީ 2019 ގެ 16:00 ގައި މި އެސޯސިއޭޝަންގެ މައި އޮފީހުގައެވެ. މުބާރާތް ބޭއްވޭނެ ތަނާއި ގަޑި ޓެކްނިކަލް މީޓިންގައި އެންގޭނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމައްޓަކައި 7310073 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
11 ފެބްރުއަރީ 2019
11 ފެބުރުވަރީ 2019