ދިވެހިރާއްޖެ
އިޢުލާން
2019 ވަނަ އަހަރު މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން
މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)253/253/2018/82 އާއި (IUL)253/253/2019/1 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތަކުގެ އަގުބޮޑުކަމަށް ފެންނާތީ އަލުން އިޢުލާނު ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މި އިދާރާގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ފެބުރުވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2019 ފެބުރުވަރީ 24 ވާ އާދީއްތަ ދުވަހުގެ 09:00 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.
މި މަސައްކަތަށްއެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
6 ޖުމާދަލްއާޚިރާ 1440
11 ފެބުރުވަރީ 2019