ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި އަދި މަރުކަޒުގެ ގޮފި ތަކުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ހޯދުމަށް ބޭނުންވެއެވެ.
މުސާރަ:
އެމް. އެން. ކިޔު. އެފް ލެވެލް 7 ން ފެށިގެން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ
އެމް. އެން. ކިޔު. އެފް ލެވެލް 9 ން ފެށިގެން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ
ޝަރުޠު:
ޤުރްއާން، ޢަރަބި، އިސްލާމް އަދި އިސްލާމީޘަޤާފާއާ ގުޅުންހުރި ދާއިރާއަކުން އެމް. ކިޔު. އޭ ލެވެލް 7 ންފެށިގެން މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން .
ކިޔަވަދޭންޖެހޭ މާއްދާތައް:
القراءات عمليا |
القرآن الكريم ( حفظا ) |
فقه العبادات |
علوم القرآن |
علوم الحديث |
މަސައްކަތްކުރަންޖެހޭތަން:
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލަކުސިޓީގައި ހުންނަ މަރުކަޒުގެ ގޮފި.
ވީމާ، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2019 ފެބުރުވަރީ 20 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ (އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރްކަޒާއި، ގޮފިތައް ނިސްބަތްވާ ކައުންސިލް ތަކަށް ސިޓީފޮނުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މި މަރުކަޒުގެ ނަންބަރ :(IUL)160-A/1/2019/11 އިޢުލާން ބާތިލް ކުރެވުނު ވާހަކަ ދެންނެވީމެވެ.