ދިވެހިރާއްޖެ
MCA/IL/002/2019
އިޢުލާން
މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މީހަކަ ހޮވުމަށްޓަކައި އިޢުލާން ކުރަމެވެ. ވަޒީފާއާ ބެހޭ އިތުރު ތަފްސީލު ތިރީގައި އެވަނީއެވެ.
މަޤާމް: ޖެނެރަލް ސެކްރެޓަރީ
ބޭނުންވާ އަދަދު: 1
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޗެސް އެސޯސިއޭޝަން
އަސާސީ މުސާރަ: -/8000
ޕެންޝަން އެލަވަންސް: ދިވެހިރާއްޖޭގެ ޕެންޝަން ގާނޫނާއި އެއްގޮތަށް ލިބިދޭ ޕެންޝަން ފައިސާ
ހާރޑްޝިޕް އެލަވަންސް: -/880
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: އެސޯސިއޭޝަންގެ އިދާރީ އޮނިގަނޑާއި އެއްގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައް ކުރުމާއި ބެލެހެއްޓުން.
މަޤާމުގެ ޝަރުޠުތައް: މެނޭޖްމެންޓްގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލްކޮށްފައިވުން.
ވަޒީފާ އަދާކުރަންޖެހޭ ގަޑި: 09:00 ން 16:00 އަށް އަދި 12:00ން 14:00 އާ ދެމެދު އެއްގަޑި އިރުގެ ބްރޭކެއް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް: ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައިޑީ ކާޑް ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އެންމެ ފަހުން އަދާކޮށްފައިވާ ވަޒީފާގެ ލިޔުން.
މަޤާމަށް އެދި ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑި: 17 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ މެނަދުރު ފަހު 15:00 ގެ ކުރިންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށްޓަކައި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ނަމްބަރ 7310073 އާ ގުޅުއްވުން އެދެމެވެ.