ދިވެހިރާއްޖެ
އިޢުލާނު
މިކައުންސިލްގެ ފައިސާގެ މަސައްކަތާއި އިންވެންޓްރީއާއި ސްޓޮކް ބަލަހައްޓާނެ ސޮފްޓްވެއަރއެއް ފޯރުކޮށް ސެޓަޕް ހެދުމާއި ޓްރައިނިންގް ދޭނެ ފަރާތެއް ހޯދުމާއި ބެހޭ:
މިކައުންސިލްގެ ފައިސާގެ މަސައްކަތާއި އިންވެންޓްރީއާއި ސްޓޮކް ބަލަހައްޓާނެ ސޮފްޓްވެއަރއެއް ފޯރުކޮށް ސެޓަޕް ހެދުމާއި ޓްރައިނިންގް ދޭނެފަރާތެއް ހޯދުމަށް މިކައުންސިލްގެ ކުރި އިއުލާން ނަންބަރ: (IUL)342/INDIV/2019/12 (05 ފެބުރުވަރީ 2019) އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން އިއުލާންކުރަމެވެ.
މިކައުންސިލްގެ ފައިސާއާއިގުޅޭ އެންމެހާ މަސައްކަތްތަކާއި އިންވެންޓްރީ އަދި ސްޓޮކް ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރެވޭނެ ކޮމްޕިއުޓަރ ސްފްޓްވެއަރއެއް މިކައުންސިލްގެ އިދާރާގެ ކޮމްޕިއުޓަރުތަކަށް އިންސްޓޯލްކޮށް ސެޓަޕް ހަދައިދީ، މިއިދާރާއިން ކުރަމުންގެންދާ ފައިސާގެ މުޢާމަލާއިތްތައް މިސޮފްޓްވެއަރ ތެރެއިން ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައި، އަދި އެކަމާ ގުޅޭ ތަމްރީން ދެއްވާނެ ފަރާތެއް މި އިދާރާއިން ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 13 ފެބުރުވަރީ 2019 ވާ ބުދަ ދުވަހު މެންދުރުފަހު 13:15 ށް މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 18 ފެބުރުވަރީ 2019 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:30 އަށް އއ. މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހުޅުއްވުންއެދެމެވެ.
މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި އއ. މަތިވެރި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ޖުމާދުލްއާޚިރު 1440
10 ފެބުރުވަރީ 2019