އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް / ސެކްޝަން:
|
ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް
|
ގްރޭޑް:
|
4
|
ސްޕައިން ޕޮއިންޓް:
|
23
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
މުސާރަ:
|
މަހަކު 6,936.73ރ
|
ސަރވިސް އެލަވަންސް:
|
މަހަކު 2,972.88 ރ
|
ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ސެޓްފިކެޓް ލެވެލް 5/6 ގެ ސެޓްފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ސެޓްފިކެޓް ލެވެލް 4 ގެ ސެޓްފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ފެކަލްޓީ / ސެންޓަރ، ކެމްޕަސް އަދި އިދާރީ މަރުކަޒުން ފޮނުވާ ތަކެއްޗަށް އެދޭ ފޯރމްތައް ލިބުމުން އެންޓްރީން ނެގުން.
- މަރުކަޒުތަކުން ފޮނުވާ ރިކްއެސްޓް ލިސްޓްތައް އަދާހަމަކޮށް ބެލެހެއްޓުން.
- ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް، ތަކެތި ލިބެންހުރިތަންތަން ބަލައި، އަގުހޯދުމަށް ހަމަޖެހިފައިވާ އުޞޫލުން އަގުހޯދުމާއި އަގުޖެހުމަށްފަހު، ވެރިޔާ ލައްވާ އަގު ފާސްކުރުން.
- ޕާރޗޭސް އޯރޑަރތައް ތައްޔާރުކޮށް ފުރިހަމަކުރުމަށްފަހު، އެއެއްޗެއް ގަތުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންގޮސް/ފޮނުވުމަށްފަހު މުދާ ގެނައުން.
- ދުވަހުންދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި، ނުލިބޭ މުދާ ލިބޭނެ މުއްދަތެއް ކަނޑައަޅައި ނިންމުމަށް މަސައްކަތް ކުރުން.
- މިނިސްޓްރީ އޮފް ފައިނޭންސް، އޯޑިޓަރ ޖެނެރަލްގެ އޮފީސް އަދި ޔުނިވަރސިޓީއިން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ތަކެތި ހޯދުމަށް މަސައްކަތް ކުރުން.
- ކެޕިޓަލް ބަޖެޓުން ޚަރަދުކުރާ ތަކެތި ގަތުމުގެ ކުރިން ފައިނޭންސް ޑިޕާރޓްމަންޓް މެދުވެރިކޮށް ކެޕިޓަލް ޚަރަދުގެ ހުއްދަ ނެގުމާއި އެސް.އޭ.ޕީ ސިސްޓަމްގެ ތެރެއިން އެސެޓް ރަޖިސްޓަރ ކުރުން.
- ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އާއްމުކޮށް އިއުލާންކުރަންޖެހޭ މިންގަނޑުގެ މަސައްކަތް ކުރުމާއި ތަކެތި ގަތުމަށްޓަކާ އިއުލާނުކުރުމާއި ބީލަމަށް މައުލޫމާތު ދިނުމާއި ބީލަން ބަލައިގަތުން އަދި އިވެލުއޭޓްކުރުމުގެ މަސައްކަތް ޑިޕާރޓްމަންޓްގެ ވެރިޔާ ހަމަޖައްސަވާ އުޞޫލަކުން ކުރިއަށް ގެންދިޔުން.
- ނުހޯދޭ ތަކެއްޗާއި ނުހޯދޭ ޚިދުމަތުގެ މައުލޫމާތު ލަސްވެގެން ކޮންމެ ހަފްތާޔަކު އެއްފަހަރު ޑިޕާރޓްމަންޓް ވެރިޔާއާ މަޝްވަރާކޮށް އަޅާނެ ފިޔަވަޅުތަކެއް ނިންމުމާއި ، އެ ހަމަޖައްސާ އުސޫލާއި އެއްގޮތަށް އަމަލުކުރުން.
- އެކި ފެކަލްޓީ / ސެންޓަރ ، ކެމްޕަސް އަދި ޔުނިވަރސިޓީގެ ސެކްޝަންތަކަށް ހޯދޭ އާރޖެންޓް ތަކެތި ފިޔަވާ އާންމު ތަކެތި 07 ދުވަސް ތެރޭގައި ޤަވާއިދުން ޙަވާލުކުރަމުން ގެންދިޔުން. މީގެ އިތުރުން ނުގަނެވޭ ތަކެތީގެ ލިސްޓް އަދާހަމަކޮށް ބެލެހެއްޓުން.
- ގަނެގެން ގެނެވޭ ތަކެތި ފެންވަރު ބެލުމާއި، ފެންވަރު ރަގަޅު ތަކެތި ގަތުމަށް ބާރުއަޅާ މަސައްކަތްކުރުން.
- ބޭނުންވާ މުދަލެއް ނުވަތަ ބަދަލު ކުރަންޖެހޭ މަސައްކަތް ވަގުތުން ކުރުން އަދި ތަކެތި ވިއްކާ ފަރާތުގެ ކޮންޓެކްޓް މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.
- އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ކެމްޕަސްތަކަށް ވައިގެ މަގުންނާއި ކަނޑުމަގުން ފޮނުވަންޖެހޭ ތަކެތި ފޮނުވުން.
- ރާއްޖެއިން ބޭރުން ޔުނިވަރސިޓީއަށް ގެނެވޭ މުދާ ކްލިއަރ ކުރުމާއި އެމުދަލެއް ހަވާލުކުރަން ޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމުން.
- ކޮންޓްރެކްޓަރުންނަށް އެވޯޑްކުރެވޭ މަސައްކަތްތައް ނިމުމުން ތަކެތީގެ/މަސައްކަތުގެ ފެންވަރު ބެލުމަށްފަހު "ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓް" ތައްޔާރުކުރުން.
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ޑިޕާރޓްމަންޓް ވެރިޔާ އަންގަވާ ގޮތެއްގެ މަތިން ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2019 ފެބުރުވަރީ 17 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- މި މަޤާމަށް ކެނޑިޑޭޓަކު ހޮވުމުގައި މާލިއްޔަތު ޤަވާއިދަށް އަޙުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
|