ކުއްޔަށް ހިފުން
ނަންބަރު: (IUL)401-C/401/2019/7
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 14 ފެބުރުވަރީ 2019 13:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން ޓީޗަރުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

މިރަށުގައި ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފީގައި ކިޔަވައިދިނުމަށް ގެންނަ ބިދޭސީ ޓީޗަރުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)401-C/401/2019/1 (22 ޖެނުއަރީ 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މިކަމަށް ކުރިމަތިލުގެ ފުރުސަތު ހުޅުވާލަމެވެ.

 

                  ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ފެބުރުއަރީ 2019 (ބުރާސްފަތި) ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ފެބުރުއަރީ 2019 (ހޯމަ) ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި  ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.   

     

05 ޖުމާދުލް އާޚިރު 1440

10 ފެބުރުއަރީ 2019

10 ފެބުރުވަރީ 2019