ވަޒީފާގެ ފުރުޞަތު
ނަންބަރު: VAM/IL/2019/7004
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 14 ފެބުރުވަރީ 2019 13:30
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޖެނެރަލްމެނޭޖަރ

VAM/IL/2019/7004

 

 

ވަޒީފާގެ ފުރުސަތު

 

29ޖަނަވަރީ 2019 ގައި ކުރެވުނު އިއުލާން ނަންބަރު VAM/IL/2019/7002 އިސްލާހްކޮށް އަލުން އިއުލާން ކުރަމަވެ. ކުރިން ކުރެވިފައި އިއުލާނަށް އިޖާބަ ދެއްވާ އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް އިތުރަށް އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހޭނެއެވެ.

ނަމަވެސް އިއުލާނަށް ގެނެވުނު އިސްލާހާ ގުޅިގެން އިތުރު ލިޔެކިޔުމެއް ހުށަހަޅަން ބޭނުންފުޅުވާނަމަ މި އިއުލާނުގެ މުއްދަތުގެ ތެރޭގައި އެކިޔެކިޔުމެއް ނުވަތަ ލިޔެކިޔުންތަކެއް ހުށަހެޅޭނެއެވެ.

ވޮލީބޯލް އެސޯސިއޭޝަންގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތައް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ.

 

މަޤާމް: ޖެނެރަލްމެނޭޖަރ

ބޭނުންވާ ޢަދަދު: 1

މަޤާމުގެ ގިންތި: ދާއިމީ

މަޤާމްގެ ރޭންކް: EX-3

މަޤާމުގެ ކްލެސިފިކޭޝަން: ޖެނެރަލް މެނޭޖަރ

ސެކްޝަން: އެޑްމިނިސްޓްރޭޓިވް

 

ވަޒީފާ އަދާކުރަންޖެހޭ ތަން: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މުސާރަ -/15000ރ - -/18000ރ

މަޤާމުގެ ޝަރުތު :

  1. މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މެނޭޖަރ ލެވެލްގައި 04 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ

     

     

  2. މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު އެސިސްޓެންޓް މެނޭޖަރ ލެވެލްގައި 06 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

     

    ނޯޓް:

  1. މިމަޤާމަށް މީހަކު ހޮވުމުގައި އަދި އިންޓަވިއުއަށް ޝޯޓް ލިސްޓް ކުރުމުގައި، މެނޭޖަރެއްގެ ގޮތުގައި، ގިނަ މުވައްޒަފުންތަކެއް ބަލަހައްޓާފައިވާ، ދިވެހި އަދި އިނގިރޭސި ދެބަހުން ފަރިތަކަމާއެކު ލިޔެ، ވާހަކަދައްކަން އެނގޭ، މައިކްރޯސޮފްޓް އޮފީސް ހުނަރު ހުރި، ރިޕޯޓްތައް ދިވެހި އަދި އިނގިރޭސި ދެބަހުންވެސް ތައްޔާރުކުރުމަށް ފަރިތަ، ގިނަވަގުތު ވަޒީފާގައި އުޅެވޭނެ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  2. މިމަޤާމަށް މީހަކު ހޮވުމުގައި ޕްރީ ޓެސްޓެއް (ތިއަރީ ޓެސްޓް) ދެވޭނެއެވެ. އިންޓަވިއު ކުރެވޭނީ މި ޓެސްޓުން ފާސްވާ ފަރާތްތަކަށް އެކަނިއެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. އެޑްމިނިސްޓްރޭޓިވް ޔުނިޓުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ މައިގަނޑު މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން

  2. ތައްޔާރުކުރަންޖެހޭ މުހިންމު ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

  3. ތައްޔާކުރަންޖެހޭ އެސްއޯޕީތަކާއި ގަވާއިދުތައް ތައްޔާރުކުރުން

  4. އެޑްމިނިސްޓްރޭޓިވް ޔުނިޓްގެ ތަރަޢްޤީއަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

     

ހުށަހަޅަންޖެހޭ ތަކެތި: މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ފެބްރުއަރީ ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހ.ބޯޅަގެ/އަބަދަށްއުފާމަގު) އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

 

އިންޓަރވިއު: މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 2019 ފެބްރުއަރީ މަހުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ( ހ.ބޯޅަގެ/އަބްދައްއުފާމަގު )ގައެވެ.

އިތުރު މަޢުލޫމާތު: މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3317015 ނަމްބަރާއެވެ.

10 ފެބްރުވަރީ 2019މ.

 

 

10 ފެބުރުވަރީ 2019