މަސައްކަތް
ނަންބަރު: (IUL)383/383/2019/8
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 17 ފެބުރުވަރީ 2019 13:30
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިގެ އިމާރާތުގެ ކަރަންޓު މައްސަލަތައް ހައްލުކުރުމާއި އެއަކޯން ސަރވިސް ކުރުމާއި އިންސްޓޯލްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ބެލުމުގެ ދަށުން ހިންގަމުންގެންދާ ރަށްވެހިގެ އިމާރާތުގެ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމާއި އެއަކޯން ސަރވިސް ކުރުމާއި އިންސްޓޯލްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)383/383/2019/7 (27 ޖަނަވަރީ 2019) އިޢުލާނާއިގުޅިގެން އަގު ހުށަހެޅި ފަރާތްތަކުން އަގު ހުށަހަޅާފައިވަނީ ބީލަން ކަރުދާހުގެ 06 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް ކަމުގައިވާތީ އެ ބީލަންތައް ބާޠިލުކުރުމަށްފަހު މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2019 ފެބުރުވަރީ 11 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ން ފެށިގެން 2019 ފެބްރުއަރީ 17 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:30 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިންނެވެ. ބީލަން ކަރުދާސް ނެންގެވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައިކަން އެނގޭނެ ސިޓީއަކާއި ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ކުންފުންޏެއް ނުވަތަ ވިޔަފާރި ހުއްދައެއްގެ ދަށުން ބީލަން ކަރުދާސް ނަންގަވާނަމަ ރެޖިސްޓްރީ/ހުއްދައިގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބީލަން ކަރުދާސް ނުނަންގަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ބީލަން ކަރުދާސް ނެންގެވި ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 2019 ފެބުރުވަރީ 18 ވާ ހޯމަ ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ބީލަންތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2019 ފެބުރުވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. 

10 ފެބުރުވަރީ 2019