މަސައްކަތް
ނަންބަރު: (IUL)30-A4/30/2019/27
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 19 ފެބުރުވަރީ 2019 13:30
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

ވޮލަންޓިއަރކޮށް މަސައްކަތް ކުރުމުގެ ފުރުޞަތު

 

       މި މިނިސްޓްރީ އަށް   ވޮލަންޓިއަރުންގެ ގޮތުގައި ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް ކުރާނެ ފަރާތެއް ބޭނުންވެއެވެ. މިކަމަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަންހުރި ޤާބިލް ފަރާތެކެވެ.

 

ކުރަންޖެހޭ މަސައްކަތް:        ވިލިމާލޭގައި ހުންނަ ވެޓަރިނަރީ ކްލިނިކްގައި މަސައްކަތްކުރައްވާ ވެޓަރިނޭރިއަންއަށް އެހީތެރިވުމާއި މިނިސްޓްރީގެ ޕްލާންޓް އެންޑް އެމިމަލް ހެލްތް މެނޭޖްމަންޓް ސެކްޝަނުގައި ކުރާ ގަސްގަހާގެއްސަށް ޖެހޭ ތަފާތު ބަލިތައް ދިރާސާކުރުމުގެ މަސައްކަތުގައި އެހީތެރިވުމާއި ކަމާބެހޭ ޑޭޓާތައް އެންޓަރ ކުރުމުގެ މަސައްކަތްކުރުން.

ބޭނުންވާ ޢަދަދު:            3

މަސައްކަތް ކުރަންޖެހޭތަން:     މި މިނިސްޓްރީގެ މައި އިދާރާ ހ. ވެލާނާގޭ 7 ވަނަ ފަންގިފިލާ އަދި ވިލިމާލޭގައި ހުންނަ      ވެޓަރިނަރީ ކްލިނިކް  

ސެކްޝަން:               ޕްލާންޓް އެންޑް ހެލްތު މެނޭޖްމެންޓް ސެކްޝަން

މަސައްކަތު މުއްދަތު          03 މަސް ދުވަސް     

ޝަރުތު:                  ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިޙާނަކުން  ސައިންސްގެ 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:       -  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ

-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)

-  މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.

-   ޕޮލިސް ރިޕޯޓް

ސުންގަޑި:  2019 ފެބްރުވަރީ 19 ވާ އަންގާރަ ދުވަހުގެ 13:30

އިތުރު މަޢުލޫމާތު:  އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރު  3339244 އަށް ގުޅުއްވުން އެދެމެވެ.

 

                                05 ޖުމާދަލްއާޚިރާ 1440

10 ފެބުރުވަރީ 2019