ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-D/30/2019/24
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 08:12
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދުވަހު މަސްވެރިކަމުގެ މަޢުލޫމާތު ފޯމް މިނިސްޓްރީއަށް ފޮނުވުމުގެ އިންތިޒާމުތައް ބަދަލުކުރުމާގުޅޭ

ޤާނޫނޫ ނަންބަރު؛ 87/5، [ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު] އިން ބާރު ލިބިގެން ހަދާފައިވާ [ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއަރކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާޢިދު]ގެ ދަށުން ލައިސަންސް ލިބިގެން މަސްވެރިކަން ކުރުމުގައި ޙަރަކާތްތެރިވާ ހުރިހާ އުޅަނދު ފަހަރަކުން، [ދުވަހު މަސްވެރިކަމުގެ މަޢުލޫމާތު ފޯމް] ފުރިހަމަކޮށް މިނިސްޓްރީއަށް ފޮނުވުމުށް ކަނޑައަޅާފައިވާ ޝަރުތު އަންނަނިވި ގޮތަށް ބަދަލު ކުރެވިފައިވާތީ އެކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

މިހާރު ކަނޑައަޅާފައިވާ ޝަރުޠު

މިރިޕޯޓް މިހާރު ފޮނުވަންޖެހެނީ ކޮންމެ މީލާދީ މަހެއްގެ ރިޕޯޓްތައް ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށެވެ.

 

ބަދަލު ކުރެވުނު ގޮތް

01 މާރިޗް 2019 ވަނަ ދުވަހުން ފެށިގެން، ލައިސަންސް ލިބިފައިވާ އުޅަނދުގައި ކުރާ މަސްވެރިކަމުގެ ދަތުރު ނިންމާ ލުމަށްފަހު، މަސް ކިރުވަނީ ނުވަތަ ވިއްކަނީ މިނިސްޓްރީން މަހާއި މަހުގެ އުފެއްދުން ތައްޔާރު ކުރުމަށް ލައިސަންސް ދީފައިވާ ކުންފުންޏަކަށް ކަމުގައިވާނަމަ، މަސްވެރިކަމާ ގުޅޭ މަޢުލޫމާތު ރިކޯޑް ކުރުމަށް ކަނޑައަޅާފައިވާ [ދުވަހު މަސްވެރިކަމުގެ ލޮގު ފޮތް] ފުރިހަމަކޮށް، މަސްކިރުވަން ފެށުމުގެ ކުރިން  މަސް ގަންނަ ކުންފުންޏާ ލޮގްފޮތް ހަވާލުކުރުން. އަދި މަސް ކިރުވަނީ ނުވަތަ ވިއްކަނީ މިފަދަ ލައިސަންސެއް ނެތް ފަރާތަކަށްނަމަ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ލޮގްފޮތް ހަވާލު ކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކާ ހަވާލުކުރުން.

 

10 ފެބުރުވަރީ 2019