ދިވެހިރާއްޖެ
އިޢުލާން
" ދިޔަރެސް މޫދު ކުޅިވަރު ކޮންވެންޝަން " ގައި ބައިވެރިވުމާއި ބެހޭ
މި މިނިސްޓްރީ އިން އިންތިޒާމް ކުރާ ''ދިޔަރެސް'' ( މޫދު ކުޅިވަރު ކޮންވެންޝަން ) ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލު އައުމާއި ގުޅިގެން، 30 ޑިސެމްބަރު 2018 ގައި ކުރެވުނު ނަންބަރު IUL)141-SD/141/2018/311) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވޭ މޫދު ކުޅިވަރު ކޮންވެންޝަން 12 މާރޗު 2019 ވާ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މޫދު ކުޅިވަރު ތަކުގައި ޙަރަކާތްތެރި ވަމުންއަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވޭ މި ފަދަ އެންމެ ބޮޑު އެއް ޙަރަކާތެވެ. މިކޮންވެންޝަންގައި މޫދު ކުޅިވަރު ކުރިއެރުވުމުގައި ހުރި ފުރުޞަތުތަކާއި، މޫދު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި އަދި އެކަމާއި ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކަރުދާސް ހުށަހެޅުން ވެސް އޮންނާނެއެވެ.
ވީމާ، މި ކޮންވެންޝަން ގައި ބައިވެރިވުމަށް ދިވެހިރާއްޖޭގައި މޫދު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި އަދި އެފަދަ ކުޅިވަރުތަކާއި ގުޅުންހުރި ހުރިހާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ. މި ކޮންވެންޝަންގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ. މި ކޮންވެންޝަން ގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 17 ފެބްރުއަރީ 2019 ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ކޮންވެންޝަން ގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި މިނިސްޓްރީގެ ކައުންޓަރުން ވެސް ލިބެންހުންނާނެ އެވެ.
30 ޖުމާދަލްއޫލާ 1440