ޢާންމު މަޢުލޫމާތު
ނަންބަރު: WAMCO-ROPS/IUL/2019/009
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 14 ފެބުރުވަރީ 2019 23:59
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައްޑޫސިޓީ ހުޅުމީދޫގައި CAPS (ކޯލް އެންޑް ޕިކް-އަޕް ސާރވިސް) ގެ ޚިދުމަތް ފެށުމާއި ގުޅޭ

އިޢުލާން

ނަންބަރ: WAMCO-ROPS/IUL/2019/009

އައްޑޫސިޓީ ހުޅުމީދޫގައި  CAPS  (ކޯލް އެންޑް ޕިކް-އަޕް ސާރވިސް) ގެ ޚިދުމަތް ފެށުމާއި ގުޅޭ

 2017 އެޕްރީލު 11 ވަނަ ދުވަހުން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ފަރާތުން އައްޑޫ ސިޓީ ހުޅުމީދޫގެ ކުނި މެނޭޖުކުރުމާއި ހަވާލުވެ، ގޭބިސީތަކާއި، ވިޔަފާރި އަދި އެހެނިހެން މުއައްސަސާ ތަކުން ކުނިއުކާލަދިނުމުގެ ޚިދުމަތް ވަނީ ފަށާފައެވެ. މިޚިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަ ކުރުމުގެ ގޮތުން އައްޑޫ ސިޓީ ހުޅުމީދޫގެ ގޭބިސީތަކުންނާއި އެހެނިހެން ތަންތަނުން އުފެދޭ ކުނީގެ އިތުރުން ބޮޑެތި ކުނި ނަގައި ދިނުމުގެ ޚިދުމަތް 2019 ފެބުރުއަރީ މަހުން ފެށިގެން ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިޚިދުމަތަށް އެދިލައްވާ ފަރާތްތަކުން މިކޯޕަރޭޝަންގެ ހޮޓްލައިން ނަމްބަރު 1666 އަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ.

ޚިދުމަތަށް އަގު ނެގުމަށް ހަމަޖެހިފައިވާ ގޮތް

 

ވެހިކަލް ކެޕޭސިޓީ (ކިލޯ/ޓަން)

ރޭޓް

350 ކިލޯ

-/125 (ސަތޭކަ ފަންސަވީސް ރުފިޔާ)

1.5 ޓަން

-/275 (ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާ)

2 ޓަން

-/375 (ތިންސަތޭކަ ހަތްދިހަ ފަސް ރުފިޔާ)

4 ޓަން

-/475 (ހަތަރުސަތޭކަ ހަތްދިހަ ފަސް ރުފިޔާ)

ވީމާ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

01 ޖުމާދަލްއާޚިރާ 1440

06 ފެބުރުވަރީ 2019

 

06 ފެބުރުވަރީ 2019