ދިވެހިރާއްޖެ
ލިފްޓް މަރާމާތުކުރުން
މި ސްކޫލްގެ ލިފްޓް މަރާމާތު ކުރަން ބޭނުންވެގެން ކުރެވުނު ނަމްބަރ (IUL)GZS/2019/13 އިޢުލާނަށް ބިޑް ހުށައެޅުއްވީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާނު ބާތިލް ކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.
މި ސްކޫލްގައި ބޭނުންކުރަމުންދާ ލިފްޓްގެ އިންވާޓަރ އެސެމްބްލީ ޔުނިޓް އަމިއްލަ ތަކެތީގައި ބަދަލުކޮށް ލިފްޓް އޮޕަރޭޓް ކުރެވޭގޮތް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުމާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައި ވާނެއެވެ.
2 މި މަސައްކަތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 11 ފެބުރުވަރީ 2019 އިން 12 ފެބުރުވަރީ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް މި ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ފެބުރުވަރީ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ފެބުރުވަރީ 17 ވަނަ ދުވަހުގެ 11:00 ގައި މި ސްކޫލްގެ މީޓިންގ ރޫމްގައެވެ.
5 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޣާޒީ ސްކޫލްގެ އެޑްމިން އޮފީސް
އޯކިޑްމަގު، ހުޅުމާލެ، ދިވެހިރާއްޖެ.
ފޯން: 3350744
އީ-މެއިލް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނަންބަރު ފޯނާއެވެ.
05 ފެބުރުވަރީ 2019