ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް އިމިގްރޭޝަންގެ އެކްސްޕެޓް އޮންލައިން ސިސްޓަމް އޮޑިޓް ކުރުމުގެ މަސައްކަތައް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
މޯލްޑިވްސް އިމިގްރޭޝަންގެ އެކްސްޕެޓް އޮންލައިން ސިސްޓަމް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތާއި ގުޅޭ ޓާރމްސް އޮފް ރިފަރެންސް މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެއްވޭނެއެވެ.
ތަން | ތާރީޚް | ގަޑި | |
ޕްރޮޕޯސަލް ހުށަހެޅުން | މީޓިންގް ރޫމް، 3 ވަނަ ފަންގިފިލާ ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު |
10 ފެބްރުއަރީ 2019 (އާދިއްތަ) |
13:00 |
ޕްރޮޕޯސަލް ހުށަހެޅުއްވުން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިމިނިސްޓްރީގެ އީމެއިލް އެޑްރެސް: [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
އަދި މިމިނިސްޓަރީގެ ނަންބަރު 1691 އަށް ގުޅުއްވުން އެދެމެވެ.
މާރކިންގ ކްރައިޓީރިއާ (ޖުމްލަ 100 މާރކްސް)
- ހުށަހަޅާފައިވާ އަގު - 50 މާރކްސް
- އޮޑިޓް އެކްސްޕީރިއަންސް – 30 މާރކްސް
- އޮޑިޓް ޓީމް – 20 މާރކްސް