ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ ގޮފިތަކުގައި 2019 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައިވާ ކޯސްތައް ހިންގުމަށް ހަމަޖހިފައިވެއެވެ.
ޤިރާއަތު ސެޓްފިކެޓް 1
ޝަރުޠު: 1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
2- ޢުމުރުން 16 އަހަރު ފުރިފައިވުން.
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 8 ހަފްތާ
ޖާގަ: 30
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ރ. އަލިފުށި، އދ. މާމިގިލި، ގދ. ގައްދޫގައި ހުންނަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފި.
ޤިރާއަތު ސެޓްފިކެޓް 2
ޝަރުޠު: 1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 1 ހަދާ ފާސްވެފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 (އެކެއް) ސެމިސްޓަރ
ޖާގަ: 30
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ރ. އަލިފުށި، އދ. މާމިގިލީގައި ހުންނަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފި.
ޤިރާއަތު ސެޓްފިކެޓް 3
ޝަރުޠު: 1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 2 ހަދާ ފާސްވެފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 އަހަރު ( 2 ސެމިސްޓަރ )
ޖާގަ: 30
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ރ. އަލިފުށި، އދ. މާމިގިލީގައި ހުންނަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފި.
ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް
ޝަރުޠު: 1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 3 ހަދާ ފާސްވެފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
ޖާގަ: 30
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ރ. އަލިފުށީގައި ހުންނަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފި.
ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް
ޝަރުޠު: 1- ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް ހަދާ ފާސްވެފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 6 ސެމިސްޓަރ
ޖާގަ: 30
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ފުވައްމުލަކު ސިޓީގައި ހުންނަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފި.
ވީމާ، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2019 ފެބުރުވަރީ 13 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ ( އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރްކަޒާއި، ގޮފިތައް ނިސްބަތްވާ ކައުންސިލް ތަކަށް ސިޓީފޮނުއްވުން އެދެމެވެ.