މަސައްކަތް
ނަންބަރު: (IUL)340/340/2019/5
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 13 ފެބުރުވަރީ 2019 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކައުންސިލްގައި އެން ކޮމްޕިއުޓިންގ ސިސްޓަމެއް ގާއިމްކުރަން ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއްހޯދުން

މި ކައުންސިލްގައި އެން ކޮންމްޕިއުޓިންގ ސިސްޓަމެއް ގާއިމްކުރުމަށް ބޭނުންވާތަކެތި މި ކައުންސިލަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ސަޕްލައިކޮށްދޭންޖެހޭ ތަކެތި:

14. އެން ކޮމްޕިއުޓިންގ ސިސްޓަމް (NComputing System RX300)

01. ވަޔަރލެސް އެކްސެސް ޕޮއިންޓް Wireless Access Point – (D-Link or Net Gear)))

01. ސީ.ޕީ.ޔޫ (CPU i7 Processor, 16GB Hard, SSD512 Hard + 2 Network Port)

05. މޮނިޓަރ (Monitor 24”)

06. ކީބޯޑު + މައުސް (ވަޔަރލެސް) (Wireless Keyboard + Mouse)

އިތުރު މަޢުލޫމާތު ހޯދުން:

1. މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ހޯއްދުމަށް މި ކައުންސިލްގެ [email protected] މެއިލަށް 2019 ފެބްރުވަރީ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބޭނުންވާ މަޢުލޫމާތުގެ ތަފްސީލް ހިމެނޭ ސިޓީ މެއިލްކުރުމަށް ދަންނަވަމެވެ.

2. މި ކައުންސިލްގެ މަތީގައިވާ އީ-މެއިލަށް މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފަރާތްތަކަށް 2019 ފެބްރުވަރީ 14 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މަޢުލޫމާތު ރިޕްލައިކުރެވޭނެއެވެ.

3. މަޢުލޫމާތު ހޯދުމަށް ފޮނުއްވާ ސިޓީ އޮންނަންވާނީ ހުށަހަޅާ ފަރާތުގެ ލެޓަރހެޑުގައެވެ. އަދި ވެރިފަރާތުން އެ ސިޓީގައި ސޮއިކޮށްފައި އޮންނަންވާނެއެވެ. ކުންފުންޏަކުންނަމަ ސޮއިގެ އިތުރުން ކުންފުނީގެ ސްޓޭމްޕުޖަހަންވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

1. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅާ ފަރާތުގެ ޕްރޮފައިލެއް ހުށަހަޅަންޖެހޭނެއެވެ. ޕްރޮފައިލްގައި ހުށަހަޅާ ފަރާތުގެ ނަމާއި އައި.ޑީ.ކާޑު ނަންބަރާއި ފޯނު ނަންބަރާއި ކުރާ މަސައްކަތާއި އިދާރީ އޮފީސް ހުންނަތަނާއި އީ-މެއިލް އެޑްރެސް އޮންނަންވާނެއެވެ.

2. އަންދާސީހިސާބާއި އެކު އަގު ހުށަހަޅާ ކޯޓޭޝަނާއި ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. ކުންފުންޏަކުން ނުވަތަ ވިޔަފާރިއެއްގެ ނަމުގައި ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީއާއި ޖީ.އެސް.ޓީ ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހަޅަންވާނެއެވެ.

3. ތަޖުރިބާއަށް ހުށަހެޅުމެއް ހުށަހަޅާމަނަ ދައުލަތުގެ އެކިއެކި ފަރާތްތަކަށް މިފަދަ މަސައްކަތްކޮށްދީފައިވާ ކަމުގެ ލިޔުން އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.

4. ހުށަހަޅާ ހުރިހާ ޑޮކިއުމެންޓެއްގައި ހުށަހަޅާ ފަރާތުގެ ސޮއި އަދި ކުންފުންޏަކުންނަމަ ކުންފުނީގެ ވެރިފަރާތުގެ ސޮޔާއި ކުންފުނީގެ ސްޓޭމްޕު ހުރިހާ ޑޮކިއުމެންޓެއްގައި ޖަހަންޖެހޭނެއެވެ.

5. ހުރިހާ ޑޮކިއުމެންޓެއް ވެސް ހުންނަންވާނީ ހުށަހަޅާ ފަރާތުގެ ލެޓަރހެޑުގައެވެ.

6. އަންދާސީ ހިސާބު ހުށަހަޅާނީ 2019 ފެބްރުވަރީ 18 ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލް އިދާރާގައި އޮންނަ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށެވެ. ގަނޑިޔަށް ޙާޟިރު ނުވެވެވޭ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެއެވެ.

7. ހުށަހަޅާ އަންދާސީ ހިސާބުގެ ލިޔެކިޔުންތައް ހުންނަންވާނީ ރަނގަޅަށް ސްޓެޕުލްކުރެވިފައި ނުވަތަ ބައިންޑްކުރެވިފައެވެ.

 

އިވެލުއޭޓްކުރުން:

މި އިޢުލާނާގުޅިގެން ހުށަހެޅޭ ހުށަހެޅުން އިވެލުއޭޓްކުރުމުގައި ބަލާނީ ތިރީގައި އެވާ މިންގަނޑުތަކަށެވެ.

1. އަގު: %50 (އެންމެ ކުޑައަގަކަށް ތަކެތި ސަޕްލައިކޮށްދިނުމަށް ހުށަހަޅާ ފަރާތައް އެންމެ ގިނަ މާކްސް)

2. ތަކެތީގެ ވޮރަންޓީ: %30 (އެންމެ ދިގު މުއްދަތެއްގެ ވޮރަންޓީއެއް ދޭ ފަރާތައް އެންމެ ގިނަ މާކްސް)

3. ތަކެތި ސަޕްލައިކޮށްދިނުމަށް ހުށަހަޅާ މުއްދަތު: (އެންމެ ކުރު މުއްދަތެއްގައި ތަކެތި ސަޕްލައިކޮށްދިނުމަށް ހުށަހަޅާ ފަރާތައް އެންމެ ގިނަ މާކްސް)

4. މަސައްކަތުގެ ތަޖުރިބާ: (މިބާވަތުގެ ތަކެތި ދައުލަތުގެ ކުންފުނިތަކަށް ނުވަތަ އޮފީސްތަކަށް ސަޕްލައިކުރިކަމަށް  އެ ފަރާތްތަކުން ދޫކޮށްފައިވާ ލިޔުން އެންމެ ގިނައިން ހުށަހެޅި ފަރާތައް އެންމެ ގިނަ މާކްސް)

މަސައްކަތް ޙަވާލުކުރުން:

1. މި މަސައްކަތް ޙަވާލުކުރެވޭނީ ހުށަހަޅާ ލިޔެކިޔުންތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ. އެންމެ މަތިން މާކްސް ލިބުނު ފަރާތްތައް އެއްވަރުވެއްޖެނަމަ މަސައްކަތް އެވޯޑުކުރެވޭނީ އެންމެ ކުޑައަގު ހުށަހެޅި ފަރާތަކާއެވެ.

2. މި މަސައްކަތް ޙަވާލުކުރެވޭނީ މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯސަލާއި މި އިޢުލާނުގައިވާ މަޢުލޫމާތުތަކާ އެއްގޮތަށް މި މަސައްކަތްކުރުމަށް ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުއެވެ.

މަސައްކަތުގެ އަގު ދިނުން:

1. މި މަސައްކަތައް އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދެވޭނެއެވެ.

2. މި މަސައްކަތައް އަގު ހުށަހަޅަންވާނީ ސަޕްލައިކޮށްދިނުމަށް ބަޔާންކޮށްފައިވާ ތަކެތީގެ އަގުތައް ވަކިވަކިން އެނގޭގޮތަށެވެ.

3. ތަކެތީގެ އަގު ހުށަހަޅަންވާނީ ކައުންސިލާ ޙަވާލުކުރުމާހަމައަށް ތަކެތި ސަޕްލައިކުރެވޭނެ އަގެކެވެ.

4. މި މަސައްކަތައް އަގު ދެވޭނީ މި މަސައްކަތާގުޅިގެން ވެވޭ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުންފެށިގެން މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތުގައި މަސައްކަތް ނިންމާ އެކަން މި ކައުންސިލަށް އެންގުމުން މި ކައުންސިލުން މަސައްކަތް ބަލައިގަތްކަން އެންގުމުން މަސައްކަތުގެ އަގު ހޯދުމަށް ބިލް ހުށަހެޅުމުންނެވެ.

5. މި މަސައްކަތުގެ އަގުގެ (ފަހެއް އިންސައްތަ) 03 މަސްދުވަހަށް ހިފެހެއްޓޭނެއެވެ. މި ފައިސާ ދެވޭނީ ވޮރަންޓީ މުއްދަތު ހަމަވުމުން ތަކެތީގެ ކޮލިޓީ ދައްވުމުގެ ސަބަބުން އެއްވެސް މައްސަލައެއް ތަކެއްޗަށް ދިމާނުވާނަމައެވެ. ކޮލިޓީގެ މައްސަލައެއް ވޮރަންޓީގެ މުއްދަތުގައި ދިމާވެއްޖެނަމަ ފައިސާދެވޭނީ އެކަމެއް ޙައްލުކުރުމުންނެވެ.

6. ވޮރަންޓީ މުއްދަތުގެ ފައިސާ ތަކެއްޗަށް ކޮލިޓީގެ މައްސަލައެއް ދިމާނުވާނަމަ ވޮރަންޓީގެ މުއްދަތު ހަމަވުމުން ބިލް ހުށަހެޅުމުން ވޮރަންޓީގެ ގޮތުގައި ހިފެހެއްޓި ފައިސާ ދެވޭނެއެވެ.

7. އަގު ހުށަހަޅާ ފަރާތުން ތަކެއްޗަށް ވޮރަންޓީގެ މުއްދަތެއް ހުށަހަޅައިފިނަމަ އެ މުއްދަތު ކައުންސިލުން ކަނޑައަޅާފައިވާ 03 މަސްދުވަހުގެ ވޮރަންޓީއަށް އިތުރުކުރެވޭނެއެވެ. އެގޮތުން ވޮރަންޓީގެ މުއްދަތަށް ހިފަހައްޓާ ފައިސާދެވޭނީ ކައުންސިލުން ކަނޑައަޅާފައިވާ މުއްތަތާއި ހުށަހަޅާ ފަރާތުން ހުށަހަޅާ މުއްދަތު އެއްކުރުމުން އަންނަ މުއްދަތު ހަމަވުމުން ތަކެއްޗަށް ކޮލިޓީގެ މައްސަލައެއް ދިމާނުވާނަމަ ބިލް ހުށަހެޅުމުންނެވެ.

8. ފައިސާގެ މުޢާމަލާތްތައް ހިންގޭނީ ބޭންކުމެދުވެރިކޮށެވެ. އަދި އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ދައްކާ ފަރާތެއްނަމަ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.

9. އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

05 ފެބުރުވަރީ 2019