ދިވެހިރާއްޖެ
އިޢުލާން
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިހާރު ބޭނުން ކުރަމުންގެންދާ ލޯގޯގެ ބަދަލުގައި އާ ލޯގޯއެއް ފަރުމާކުރުމަށް ބޭނުންވާތީ، އެފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ.
ލޯގޯގައި ހުންނަންވީ ސިފަތައް:
- ކެރަމް އެސޯސިއޭޝަން ރަމްޒުކޮށްދިނުން.
- ދިވެހި ވަންތަކަން.
- ފަސޭހަވުން.
- ކެރަމް ރަމްޒުވުން.
- އުފެއްދުންތެރިކަން.
- ގައުމީ ދިދައިގެ 3 ކުލަޔަށް އިސްކަންދިނުން.
ލޯގޯ އާއި އެކު ހުށަހަޅަންޖެހޭ މަޢުލޫމާތު
- ލޯގޯ ހުށަހަޅާއިރު ކަލަރ ވެކްޓަރއެއް ހުށަހެޅުން އަދި އަންނަނިވި ކަންކަން ލިޔުމަކުން ހުށަހެޅުން.
1- ހުށަހަޅާ ލޯގޯއަކީ އެ ލޯގޯއެއް ފަރުމާކުރި ފަރާތުގެ ފިކުރީ މުދަލެއްކަން ނޫނީ ޚިޔާލެއްކަން އަންގައި ދިނުމަށް އިޤުރާރުވާ ލިޔުން
2- ލޯގޯ ހުށަހަޅާފަރާތުގެ އިތުރު ހުއްދައަކާއިނުލައި ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު އެސޯސިއޭޝަނަށް ދޭކަން އަންގައިދޭ ލިޔުމެއް
3- ލޯގޯ ހުށަހެޅިފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު
4- ލޯގޯ އިން ރަމްޒްކޮށްދޭ ކަންކަމާއި ގުޅޭގޮތުން މަދުވެގެން 3 ޖުމްލައިގެ ޢިބާރާތްކޮޅެއް
ވީމާ، ލޯގޯ ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ފެބްރުއަރީ 10ވާ އާދީއްތަ ދުވަހުގެ 14:30ގެ ކުރިން ލޯގޯގެ ސޮފްޓްކޮޕީ މި އެސޯސިއޭޝަންގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.
______________________
29 ޖުމާދަލްއޫލާ 1440