ކުއްޔަށް ހިފުން
ނަންބަރު: 411-B/IUL/2019/04
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 13 ފެބުރުވަރީ 2019 13:00
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ މަސައްކަތު މީހުން ތިބޭނެ ގެއެއް ކުއްޔަށް ހޯދުމާބެހޭ

އިޢުލާން

 

ބިދޭސީ މަސައްކަތު މީހުން ތިބޭނެ ގެއެއް ކުއްޔަށް ހޯދުމާބެހޭ

 

ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުން ތިބޭނެ ގެއެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 20 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

 

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ފެބުރުވަރީ 2019