ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ސެކިއުރިޓީ އައުޓް ސޯސް ކުރުމާބެހޭ!
2019 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް، ތިންވަނަ ފަހަރަށް ކުރެވުނު މިސްކޫލްގެ ނަމްބަރ GS-92/IUL/2018/17 (02 ޑިސެމްބަރ 2018) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން 2019 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 12 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:45 ށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ފެބްރުއަރީ 17 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:45 ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމަށް ވިޔަފާރި ރަޖިސްޓްރީ ނެތް ފަރާތްތަކަށްވެސް ކުރިމަތިލެވޭގޮތަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި (8:00 - 14:00) މިސްކޫލުގެ ނަމްބަރ 6520537 އާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
30 ޖުމާދަލްއޫލާ 1440
05 ފެބްރުއަރީ 2019