ދިވެހިރާއްޖެ
މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :1 | |||||||||||||
ނަންބަރު:IUL)GS-56/2019/06) އިޢުލާން މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގެ ނަންބަރު: J-242411 ބޭނުންވާ އަދަދު: 1 (އެކެއް) މަޤާމުގެ ގިންތި: ދާއިމީ ސެކްޝަނާއި ތަން : ތުޅާދޫސްކޫލް (ބަޖެޓް) މަޤާމް އޮތް އޮފީސް: ތުޅާދޫސްކޫލް ވަޒީފާއަދާކުރަން ޖެހޭ ތަން: ތުޅާދޫ ސްކޫލް ދާއިރާ: އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ
އިތުރު އިނާޔަތްތައް:
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 1- މުސާރަ ޝީޓް ތައްޔާރު ކުރުމާއި މުވައްޒަފުންގެ ޕެންޝަން ސްކީމްގެ މަސައްކަތް ކުރުން 2- އިތުރުގަޑި ރިޕޯޓް ހެދުމާއި މުސާރަ ވައުޗަރ ތައްޔާރުކުރުން 3- މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަހުންމަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ކޮންމެ މީލާދީ މަހެއްގެ 16 ގަ ގަޑީލާރި ރިޕޯރޓް ތައްޔާރު ކުރުމަށްފަހު ބަޖެޓްސެކްޝަނާއި ޙަވާލުކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓައި ޗުއްޓީ ހުއްދަ ތައްޔާރު ކުރުން 4- ފައިސާ ބަލައިގަނެ ތިޖޫރީ ފޮތާއި ދުވަހު ހިސާބު ފޮތަށް އެންޓްރީކުރުމާއި ތިޖޫރީ ރިޕޯޓް ހެދުން އަދި ތިޖޫރީ / ބޭންކް އުނި އިތުރުކޮށް ބެލެހެއްޓުން 5- ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާބެހޭ މަސައްކަތްކުރުން 6- ޕީ ވީ އަދި ޗެކް ރަޖިސްޓްރީ ތައްޔާރުކޮށް ބެލެހެއްޓުން 7- ބިލްތައް އެންޓަރކޮށް އޯޑަރ ފޯމް އެޓޭޗްކުރުމާއި ބިލްތަކަށް ފައިސާ ދައްކާ ބެލެހެއްޓުން 8- ހިންގުމުގެ ހަރަދު ވައުޗަރ ތައްޔާރުކުރުމާއި ރިޕޯޓް ތައްޔާރުކުރުން އަދި ރިކޮންސިލިއޭޝަން ހެދުމާއި ބަޖެޓް ކޮންޓްރޯލް ހެދުން 9- އެގްރީމެންޓްތައް ތައްޔާރުކުރުކޮށް ބެލެހެއްޓުމާއި ޕްރޮކިއުމަންޓް މަސައްކަތްތައް ސެކްޝަންގެ އިސްވެރިޔާގެ ލަފާގެ މަތިން ރާވާ ހިންގުން 10- ސެކްޝަނަށް ލިބޭސިޓީއާއި އެހެނިހެން ތަކެތި ބަލައިގަނެ ހަމަޖެހިފައިވާ ގޮތުގެ މަތިން އެސިޓީތަކުގެ ޖަވާބު ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، އިޢުލާން / އެސްޓިމޭޓް ތައްޔާރު ކުރުން 11- ޕީ ޓީ ޢޭ އަދި ސްޓޫޑެންޓް އެސޯސިއޭޝަން ގެ ފައިސާގެ ކަންތައްތައް ބެލެހެއްޓުން 12- ސްކޫލްގެ އިންވެންޓްރީ އަދި ސްޓޮކް ބެލެހެއްޓުން ( ސްޓޮކަށް ބޭނުންވާ ތަކެތި ހޯދާ ބަލަހައްޓާ، ތަކެތިބޭނުންވާ މުވައްޒަފުންނަށް ތަކެތި ދޫކުރުން ) 13- ގަވަމެންޓް އީ-ލެޓަރ މެނޭޖްމަންޓްގެ ކަންތައްބެލުން 14- އޮފީސްހުޅުވައި ބަންދުކުރުން (ޝެޑިއުލް ކުރެވޭ ގޮތެއްގެ މަތިން) އަދި 15- ދިމާވާޚާއްޞަ ޙާލަތުގައި ޙަވާލު ކުރެވޭ މަސައްކަތްކުރުން ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. ހުށަހަޅަންޖެހޭ ލިޔުންތައް
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ފެބްރުއަރީ 17 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތުޅާދޫ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected]އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2018 ފެބްރުއަރީ 20 އާއި 24 އާ ދެމެދު ތުޅާދޫސްކޫލްގައި ނުވަތަ ސްކޫލުން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. ވުމާއެކު، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ޝޯޓް ލިސްޓްކުރުން މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުން މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600136 ނަންބަރު ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ [email protected]އެވެ. 01 ޖުމާދުލްއާޚިރު 1440 |