އިޢުލާނު
|
ވަޒީފާގެ ފުރުޞަތު
|
(IUL)13-HR/13/2019/36 ނަންބަރު:
|
މަޤާމް:
|
އެސިސްޓަންޓް ފަންޑްސް އެގްޒެކެޓިވް
|
މަޤާމުގެ ނަންބަރު:
|
J-304441
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސިނީއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފިނޭންސް،
ކ. މާލެ
|
މުސާރަ:
|
މަހަކު 7,035/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 2,000/- ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.
- މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންތަކަކީ ފައިނޭންސް ނުވަތަ އެކައުންޓިންގ އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ލޯކަލް ކައުންސިލް ކޯޑިނޭޝަން ޔުނިޓުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.
- ލޯކަލް ކައުންސިލްތަކުގެ ބަޖެޓާއި ގުޅުންހުރި މަސައްކަތްތައް ކުރުން.
- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ލާމަރުކަޒީ ޤާނޫނާއި އެއްގޮތަށް ކައުންސިލްތަކުގެ ބަޖެޓާއި، ދައުލަތުން ކައުންސިލްތަކަށްދޭ އެހީއާއި ގުޅުންހުރި މަސައްކަތްތައް ކުރުމުގައި ކަމާގުޅޭ ސެކްޝަނާއިއެކު މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުން. އަދި ކައުންސިލްތަކުން ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓް ހެދުމުގައި ފަންނީ އެހީއަށް އެދިއްޖެނަމަ އެކަމަށް ކަމާބެހޭ ސެކްޝަނެއް މެދެވެރިކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކައުންސިލްތަކުން ކުރާ ޚަރަދުތައް މާލިއްޔަތުގެ ގަވައިދާއި އެއްގޮތަށް ކުރުމަށް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. އަދި މާލިއްޔަތުގެ ގަވާއިދާއި ފުށުއަރާ ގޮތަށް ޚަރަދުކުރާކަން ފާހަގަކުރެވިއްޖެނަމަ، އެކަންތައްތައް އިސްލާހު ކުރުމަށް ކައުންސިލްތަކަށް އަންގާ އެހީތެރިކަން ފޯރުކޮށްދިނުން. އަދި ޚަރަދުކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވައިދާއި އެއްގޮތަށް އުސޫލުތައް ބައްޓަންކޮށް، ހަރުދަނާކުރުން.
- ލޯކަލް ކައުންސިލްތަކުން ބޭނުންކުރާ އެކައުންޓިންގ ސޮފްޓްވެއަރއާއި ގުޅުންހުރި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކަށް ލަފާދީ، އިސްލާޙު ކުރަންޖެހޭ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، ކަމާގުޅޭ ފަރާތްތަކާއިއެކު އެކަން އިސްލާޙުކުރުމަށް މަސައްކަތްކުރުން.
- ކައުންސިލްތަކުން ޚަރަދުކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި، މެނުއަލްތައް ކަމާއިގުޅޭ ސެކްޝަންތަކާއި އެކު ތައްޔާރުކުރުން.
- ލޯކަލް ކައުންސިލްތަކުން ޓްރަސްޓް ފަންޑު ޤާއިމްކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ޓްރަސްޓް ފަންޑުތައް، ފައިނޭންޝަލް ކޮންޓްރޯލަރގެ ލަފާގެ މަތިން ޤާއިމްކޮށްދިނުން. އެގޮތުން ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓްރަސްޓް ފަންޑާއި ގުޅުންހުރި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން. އަދި އިސްލާހުކުރަން ކައުންސިލްތަކުން ހުށަހަޅާ ޓްރަސްޓް އެކައުންޓުތައް، ފައިނޭންޝަލް ކޮންޓްރޯލަރގެ ލަފާގެ މަތިން އިސްލާހުކޮށްދިނުން. މީގެ އިތުރުންވެސް ލޯކަލް ކައުންސިލްތަކުގެ ޓްރަސްޓް ފަންޑުތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތް ކުރުން
- ލޯކަލް ކައުންސިލްތަކުގެ ހިސާބުތައް ރިކޮންސައިލްކުރުމުގެ މަސައްކަތުގައި ކަމާގުޅޭ ސެކްޝަންއާއި ގުޅިގެން ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ލޯކަލް ކައުންސިލްތަކުގެ ހަރުމުދަލުގެ ދަފްތަރު އެކުލަވާލާ ބެލެހެއްޓުމުގައި އެހީތެރިވެދީ ފަންނީ ލަފާދިނުން. އަދި ލޯކަލް ކައުންސިލްތަކަށް ހޯދާ މުދާ ހޯދާ ނައްތާލައި އަދި ވިއްކުމުގައި ޢަމަލުކުރާ އުޞޫލަކީ ދައުލަތުގެ ހަރުމުދާ ހޯދާ، ނައްތާލާ އަދި ވިއްކާލުމަށް ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތްތޯ ބަލައި، އެއްގޮތްނޫންނަމަ އެއްގޮތްކުރުމަށް މަސައްކަތްކުރުން. އަދި އެއުޞޫލުތަކާއި އެއްގޮތަށް ކައުންސިލްތަކުން މަސައްކަތްކުރޭތޯ ބެލުން.
- ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ލޯކަލް ކައުންސިލްތަކުން ރިޒާރވްގެ ގޮތުގައި ފައިސާ ރައްކާކުރޭތޯ ބެލުން. އަދި އެފައިސާއިން ޚަރަދުކުރަނީ މާލިއްޔަތުގެ ގަވާއިދާއި، ލާމަރުކަޒީ ޤާނޫނާއި އެއްގޮތަށްތޯ ބެލުން. އަދި އެކަމުގައި ލޯކަލް ކައުންސިލްތަކަށް ފަންނީ އެހީތެރިކަން ބޭނުންވާނަމަ އެފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ލޯކަލް ކައުންސިލްތަކުގެ ކޮމިޓްމަންޓުތައް (އެކި ފަރާތްތަކަށް ދައްކަން އެއްބަސްވެފައިވާ ފައިސާ) ރިކޯޑުކުރުމަށް އެހީތެރިވުން.
- ލޯކަލް ކައުންސިލްތަކުގެ ދަރަނި އެކައުންޓުކޮށް ރިކޯޑުކުރުމަށްޓަކައި ކަމާގުޅޭ ސެކްޝަންތަކާއިއެކު ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
|
މަޤާމުގެ ޝަރުތުތައް:
|
- ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގެ މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
- ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމާގުޅޭ ދާއިރާގެ ތައުލީމަށް %30
- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5
- ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިހާނަށް %5
- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް
- އިންޓަވިއު އަދި ޕްރެކްޓިކަލްސްއަށް %45
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ފެބްރުއަރީ 2019 ވާ (ބުދަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 17 ފެބްރުއަރީ 2019 އާއި 28 ފެބްރުއަރީ 2019 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3349169,3349335,3349297,3349252ނަންބަރ ފޯނާއެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.
|