ދިވެހިރާއްޖެ
ނަންބަރ: GS-215/IUL/2019/007
ތާރީޚް: 03 ފެބުރުއަރީ 2019
އިޢްލާން
އިހައްދޫ ސްކޫލްގެ ކޮރިޑޯގެ ތަޅުން ކުރަކިކުރުމާއިބެހޭ
އިހައްދޫ ސްކޫލް އިމާރާތާއި ގުޅިފައިވާ ކޮރިޑޯގެ ތަޅުން އަމިއްލަ ތަކެތީގައި ކުރަކިކޮއްދޭނޭ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހި ސަރުކާރުގެ ޤަވާއިދާ އެއްގޮތަށް ހިންގާ ކުންފުނިތަކަށެވެ.
ވީމާ، މިކަމަށްޝައުގުވެރިވާ ފަރާތްތަކުން 06 ފެބުރުއަރީ 2019 ވާ ބުދަދުވަހު ހެނދުނު 11:00 ގައި މައުލޫމާތު ސާފު ކުރެއްވުމަށް ސްކޫލް ލައިބުރަރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުންއެދެމެވެ. އަދި، އަންދާސީ ހިސާބު 11 ފެބުރުއަރީ 2019ވާ ހޯމަ ދުވަހު 11:00ގެ ނިޔަލަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަނޭޅޭނެއެވެ.
މުޙައްމަދު ނަޒީލް
ޕްރިންސިޕަލް