ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2019/11)
އިޢުލާން
ގޮނޑިމޭޒު ހޯލުގައި އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުން
މިޑިޕާޓްމަންޓުން ބާއްވާ އިމްތިޙާން ތަކާއި ވޯރކްޝޮޕް ފަދަ ކަންކަން ބާއްވާ ހޯލްތަކުގައި ގޮނޑި މޭޒު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)120/1/2019/02 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެޑައިގަންނަވާ ފަރާތްތަކުން 2019 ފެބްރުއަރީ 10 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ފެބްރުއަރީ 14 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.
29 ޖުމާދަލްއޫލާ 1440
04 ފެބްރުއަރީ 2019