ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)230-AHI/230/2019/2
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 08:50
ސުންގަޑި: 13 ފެބުރުވަރީ 2019 14:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަންގެ ވަޒީފާގެ ފުރުޞަތު

  • މަޤާމު:        ކޮމްޕިއުޓަރ ޓެކްނީޝަން
  • މަޤާމު ނަންބަރު:  J-297175
  • ބޭނުންވާ ޢަދަދު:  01
  • މަޤާމުގެ ގިންތި :  ދާއިމީ
  • މަޤާމުގެ ރޭންކް:  އެމް.އެސް 1
  • ކްލެސިފިކޭޝަން:   ޓެކްނިކަލް އޮފިސަރ ގްރޭޑް1
  • ވަޒީފާ އަދާކުރަންޖެހޭތަން:  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ/ ބ. އޭދަފުށި  
  • މުސާރަ:             5610.00 ރުފިޔާ
  • ސަރވިސް އެލަވަންސް:    2000.00 ރުފިޔާ
  • ސަޕޯޓިންގ ކޯ އެލަވަންސް2: 700.00 ރުފިޔާ
  • އެހެނިހެން އެލަވަންސްތައް:
  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރިވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، އަދި ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް.

1-      ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން އެ އިދާރީ ދާއިރާއެއް ހިންގައި އެ އިދާރާ ތަރައްޤީކުރުމަށް  މަސައްކަތްކުރުން،

2-      އިދާރީ ދާއިރާގެ ފެންވަރުގައި  ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ޔުނިޓުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

3-      އިދާރާގެ ވެބްސައިޓް އަޕްޑޭޓްކުރުމާއި، ޒަމާނާއެއްގޮތަށް ތަރައްޤީކޮށް ބެލެހެއްޓުން.

4-      ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 11 ވަނަ ބާބުގައިވާ ރިޕޯޓްތައް ވެބްސައިޓްގައި ޝާއިޢުކުރުން.

5-      ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން އެމިނިސްޓްރީތަކާއި، އޮފީސްތަކުން އަތޮޅުކައުންސިލްތައް މެދުވެރިކޮށް އެ އިދާރާއެއްގައި ދޭން ކަނޑައަޅާ ޚިދުމަތްތައް ދިނުން.

6-      އިދާރާގެ އީމެއިލް މަދުވެގެން ދުވާލަކު 1 ފަހަރު ޗެކްކޮށް ލިބިފައިވާ ލިޔުންތައް އިދާރާހިންގަވާ ވެރިޔާއަށް ދައްކާ އެންޓްރީ ކުރުމަށްފަހު ޙަވާލުކުރަންޖެހޭ ފަރާތާއި ޙަވާލުކުރުން.

7-      ޔުނިޓުން ލިޔަންޖެހޭ އެންމެހާ ލިޔުންތައް ލިޔެ ބެލެހެއްޓުން.

8-      އިދާރީ ދާއިރާއެއްގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުންދިނުން.

9-      މީގެ އިތުރުންވެސް ޔުނިޓް ހިންގަވަން ހުންނަވާ ވެރިއަކު ޙަވާލުކުރައްވާ މަސައްކަތްތައް ކުރެއްވުމާއި، އެބޭފުޅަކާއި އެހީތެރިވެ ހުށަހެޅޭ މައްސަލަތަކާއި ކަންކަން    އަވަހަށް ނިންމެވުމަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތު.

  1. 1-އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް.

1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމް ( މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި،  މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ  އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފުކޮޕީއެއް.

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް  ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައޅާފައިވާ ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު  ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ.

 (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

ހ. ޙާޞިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު/ ޕްރެޒެންޓޭޝަން/ ޕްރެކްޓިސްއަށް ބަލައިގެން.

ރ. މަސައްކަތުގެ ދާއިރާ އާއިގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި.

މަޤާމަށް އެދި  ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ފެބުރުއަރީ 2019 ވަނަ ދުވަހުގެ 14.00 ގެކުރިން މާޅޮސްމަޑުލު  ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް[email protected] އމެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.  އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް  ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

 

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 14 ފެބުރުއަރީ 2019  އިން ފެށިގެން  24 ފެބުރުއަރީ 2019 އާއި ދެމެދުގެ ދުވަހެއްގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

ޝޯޓްލިސްޓްކުރުން:

މިވަޒީފާއަށް އެދިހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

            މި އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6608300 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

28 ޖުމާދަލް އޫލާ   1440

03 ފެބުރުއަރީ     2019

03 ފެބުރުވަރީ 2019