ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 216-MPAO/IUL/2019/5
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 16:47
ސުންގަޑި: 11 ފެބުރުވަރީ 2019 14:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ލެޕްޓޮޕް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

މިއޮފީހުގެ ބޭނުމަށް 08 ލެޕްޓޮޕް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 216-MPAO/IUL/2019/2 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން އިޢުލާންކުރަމެވެ.

 

ވީމާ، މިއޮފީހަށް 08 ލެޕްޓޮޕް ސަޕްލައިކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތަކީ ދިވެހިރާއްޖޭގެ ޕެންޝަން ޤާނޫނާ އެއްގޮތަށް ޢަމަލުކުރައްވާ ފަރާތެއްކަމުގައި ނުވާނަމަ، އެފަދަ ފަރާތްތަކުގެ ޕްރޮޕޯސަލް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް (ލެޕްޓޮޕް ސްޕެސިފިކޭޝަންސް އަދި އެހެނިހެން މަޢުލޫމާތު) މިއޮފީހުގެ ވެބްސައިޓްގެ ތިރީގައިވާ ލިންކްއިން ޑައުންލޯޑް ކުރެއްވޭނެއެވެ.

https://pension.gov.mv/downloads/3668

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 

03 ފެބުރުވަރީ 2019