ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2019/05
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 05 ފެބުރުވަރީ 2019 11:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
16ވަނަ އިންޓަރ ސުކޫލް ބެޑްމިންޓަން މުބާރާތަށް ކެންޓީންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

                             ނަންބަރު: BAM/IUL/2019/05

އިޢުލާން

 

16ވަނަ އިންޓަރ ސުކޫލް ބެޑްމިންޓަން މުބާރާތަށް ކެންޓީންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

މިއެސޯސިއޭޝަނުން މާރިޗު މަހުގެ 07 ން 16 ށް ބޭއްވުމަށް ހަމަޖެހިފައިވާ 16ވަނަ އިންޓަރ ސުކޫލް ބެޑްމިންޓަން މުބާރާތުގެ ބައިވެރިން އަދި ކުޅިބައްލަވަން ވަޑައިގަންނަވާ ފަރާތްތަކަށް އަމާޒުކޮށް ކެންޓީނެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.

ވީމާ، މިޚިދުމަތް ދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއެސޯސިއޭޝަންއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު   12 ފެބްރުއަރީ 2019 ވާ އަނގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން މިއެސޯސިއޭޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

 

03 ފެބްރުއަރީ 2019

 

03 ފެބުރުވަރީ 2019