ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2019/001
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 11 ފެބުރުވަރީ 2019 16:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެކަންޑް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

 ސެކަންޑް އިންޖިނިއަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މަސްކިރާ ބޯޓްފަހަރުގައި / މިފްކޯ

އުޖޫރަޔާ އިނާޔަތްތައް:

ބޭސިކް މުސާރަ: 6900.00 ރުފިޔާ

ސާވިސް އެލަވަންސް: ބޭސިކް މުސާރައިގެ %70

ހާރޑްޝިޕް އެލަވަންސް: ބޭސިކް މުސާރައިގެ %50

ޝަރުޠު:

  • ކަނޑުއުޅަނދުފަހަރުގައި މަސައްކަތްކުރުމުގެ ސެޓްފިކެޓް އޮތުމާއިއެކު ، އިންޖިނިއަރއަކަށް ކޮލިފައިޑްކަމަށް އަންގައިދޭ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (އެސް.ޓީ.ސީ.ޑަބްލިއު ރިކުއަމެންޓްސްއަށް ކޮމްޕްލައިވާ 3000ކިލޯ ވޯޓް ނުވަތަ އަންލިމިޓެޑް ކިލޯވޯޓް ކެޓަގަރީގެ ސެޓްފިކެޓް) އޮތުން.
  • ކޮމްޕިއުޓަރ މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

މަސްގަތުމުގައި ހަރަކާތްތެރިވާ ބޯޓުފަހަރުގެ އިންޖިނިއަރިންގ އެންމެހައި މަސައްކަތްތަކާއި ޒިއްމާއާއި މަސްޢޫލިއްޔަތު އަދާކުރުން.

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.   

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ރިސެޕްޝަންސްއަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932 އަށް ގުޅުއްވުން އެދެމެވެ.

       03 ފެބްރުއަރީ 2019 

03 ފެބުރުވަރީ 2019