މަސައްކަތް
ނަންބަރު: (IUL)244-ESMSMS/244/2019/4
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 13 ފެބުރުވަރީ 2019 11:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު 2 ކުނިގޮނޑާއި، ކައުންސިލުން ކަނޑައަޅާ ތަންތަން ސާފްކުރުމުގެ މަސައްކަތް

         ނަމްބަރ: IUL)244-ESMSMS/244/2019/4

                                އިޢުލާން                            

               ހއ.ތުރާކުނު 2 ކުނިގޮނޑާއި، ކައުންސިލުން ކަނޑައަޅާ ތަންތަން ސާފްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

              ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

             މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

             އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 20 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

             އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ. 

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 ޖަނަވަރީ 2019