ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)342/INDIV/2019/8
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 05 ފެބުރުވަރީ 2019 11:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް ކުއިކްބުކްސް ފޯރުކޮށް ސެޓަޕް ހެދުމާއި ޓްރައިނިންގް ދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މިކައުންސިލްގެ ކުއިކްބުކްސް ފޯރުކޮށް ސެޓަޕް ހެދުމާއި ޓްރައިނިންގް ދޭނެ ފަރާތެއް ހޯދުމާއި ބެހޭ :

 

         އއ މަތިވެރި ކައުންސިލްގެ ފައިސާގެ ކަންތައްތައް ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ އިދާރާގެ ކޮމްޕިއުޓަރުތަކަށް ކުއިކްބުކްސް އޮންލައިން ސޮފްޓްވެއަރ ސެޓަޕް ހަދައިދީ އިންސްޓޯލްކޮށް މި އިދާރާއިން ކުރަމުންގެންދާ ފައިސާގެ މުޢާމަލާއިތްތައް ކުއިކްބުކްސްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައި، އަދި އެކަމާ ގުޅޭ ތަމްރީން ދެއްވާނެ ފަރާތެއް މި އިދާރާއިން ހޯދަން ބޭނުންވެއެވެ.

               ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 5 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހު 11:00 ށް މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 10 ފެބުރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:00 އަށް އއ. މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހުޅުއްވުންއެދެމެވެ.

               މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި އއ. މަތިވެރި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

               މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖުމާދުލްއޫލާ 1440

30 ޖަނަވަރީ 2019

30 ޖަނަވަރީ 2019