ދިވެހިރާއްޖެ
ކުނަހަންދޫ ސްކޫލް
ލ. ކުނަހަންދޫ
GS-184/IUL/2019/07
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލުގެ ކުލާސް ރޫމްތަކާއި ސްކޫލުގެ އިމާރާތް ތަކުގެ އެތެރެއާއި، ބޭރުގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުން
މިސްކޫލުގެ ކުލާސް ރޫމްތަކާއި ސްކޫލުގެ އިމާރާތް ތަކުގެ އެތެރެއާއި، ބޭރުގައި ކުލަ ލައިދޭނެ ފަރާތެއްް ހޯދުމަށް ކުރެވުނު މިސުކޫލުގެ ނަމްބަރު GS-184/IUL/2019/04 (10 ޖެނުއަރީ 2019) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތަކުގެ ތެރެއިން 03 ފަރާތް ހަމަ ނުވާތީ، މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދައުވަތު އަރުވަމެވެ.
ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަން ވާނެއެވެ.
އައިޓަމް/ތަފްޞީލު |
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރެއްވުން |
10 ފެބުރުއަރީ 2019 |
|
13:00 |
ލ. ކުނަހަންދޫ ސްކޫލް |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
17 ފެބުރުއަރީ 2019 |
|
13:00 |
ލ. ކުނަހަންދޫ ސްކޫލް |
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުނަހަންދޫ ސުކޫލު
ލ. ކުނަހަންދޫ / ދިވެހިރާއްޖެ.
ފޯން: 6800744
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: -
24 ޖުމާދަލްއޫލާ 1440
30 ޖެނުވަރީ 2019