ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫން) ގެ 151 ވަނަ މާއްދާއިން މިކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއި އެކު އެމާއްދާގެ (މ)ގެ ދަށުން މިކައުންސިލުން އެކުލަވާލާފައިވާ ތިރީގައި ދަންނަނަވާ 16 ޤަވާއިދު 2019 ޖެނުއަރީ 20 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރެވިފައެވެ.
- ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާބެހޭ ގަވާއިދު
2. ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު
3. އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު
4. ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ގަވާއިދު
5. މަގު ފާރު އަދި އިންފާރު ތަޅާލުމާބެހޭ ގަވާއިދު
6. މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު
7. އޮޑިހަރުގެއާ ބެހޭ ގަވާއިދު
8. ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު
9. މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު
10. ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާއި ފީނެގުމާބެހޭ ގަވާއިދު
11. ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދު
12. ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ގަވާއިދު
13. ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ބޭއްވުމާބެހޭ ގަވާއިދު
14. އާންމު އުނދަގުލާބެހޭ ގަވާއިދު
15. ތިމާވެށި ޙިމާޔަތް ކުރުމާއިބެހޭ ގަވާއިދު
16. ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާއި ބެހޭ ގަވާއިދު
ވީމާ، 21 ޖަނަވަރީ 2019 ވަނަ ދުވަހުން ފެށިގެން މަތީގައި ދެންނެވުނު 16 ޤަވާއިދަށް މިކައުންސިލުން ޢަމަލުކުރަން ފަށާފައިވާކަން އާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރަމެވެ.
މަތީގައި ދެންނެވުނު ޤަވާއިދުތައް ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، www.law.mv ވެބްސައިޓުންނާއި، މިއިދާރާގެ ވެބްސައިޓް www.kondey.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.