ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-IM/1/2019/19
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 07 ފެބުރުވަރީ 2019 10:00
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޓީޗަރ (ފުލްޓައިމް)

އިޢުލާން

މަޤާމް:

ޓީޗަރ (ފުލްޓައިމް)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (01 އަހަރު)

ސެކްޝަން:

ފިޔަވަތި، ހުޅުމާލެ

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ (ޝިފްޓް އުޞޫލުން، ދުވާލަކު 8 ގަޑިއިރު)

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ބެޗްލަރސް ޑިގްރީ)

  • އަސާސީ މުސާރަ މަހަކު: 6295.00 ރުފިޔާ
  • ސާރވިސް އެލަވަންސް މަހަކު: 2500.00 ރުފިޔާ
  • ސްޕެޝަލް އެލަވަންސް މަހަކު: 2203.25 ރުފިޔާ

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ޑިޕްލޮމާ)

  • އަސާސީ މުސާރަ މަހަކު:   5610.00ރުފިޔާ
  • ސާރވިސް އެލަވަންސް މަހަކު: 2500.00 ރުފިޔާ
  • ސްޕެޝަލް އެލަވަންސް މަހަކު: 1963.50 ރުފިޔާ

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ސެޓްފިކެޓް 4)

  • އަސާސީ މުސާރަ މަހަކު: 5020.00 ރުފިޔާ
  • ސާރވިސް އެލަވަނސް މަހަކު: 2500.00 ރުފިޔާ
  • ސްޕެޝަލް އެލަވަނސް މަހަކު: 1757.00 ރުފިޔާ

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ސެޓްފިކެޓް 3)

  • އަސާސީ މުސާރަ މަހަކު: 4465.00 ރުފިޔާ
  • ސާރވިސް އެލަވަނސް މަހަކު: 1500.00 ރުފިޔާ
  • ސްޕެޝަލް އެލަވަނސް މަހަކު: 1562.75 ރުފިޔާ

މަޤާމުގެ ޝަރުތުތައް:

  1. ޕްރައިމަރީ އެޑިއުކޭޝަން ދާއިރާ އިން ޑިގްރީ ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވުން، ނުވަތަ
  2. ޕްރައިމަރީ އެޑިއުކޭޝަން އިން ލެވަލް 4 ނުވަތަ ލެވަލް 3 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފިޔަވަތީގެ ކުދިންގެ ކިޔެވުމާއި، ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީކުރަން މަސައްކަތްކުރުން
  2. ފިޔަވަތީގެ ކުދިންނަށް ބޭނުންވާ ފިޒިކަލް އެޑިއުކޭޝަންއާ ގުޅުން ހުރި ޕްރޮގްރާމްތައް ރާވާ ހިންގުން.
  3. ކުދިންގެ އަޚްލާޤީ މިންގަނޑުތަކާއި، އުސޫލުތައް ހިފެހެއްޓުމަށް ބާރުދޭ ޕްރޮގްރާމްތައް ރާވާ ހިންގުން
  4. ކުދިން ކުރިޔަށްދާން ބޭނުންވާ ރޮނގުތައް ޙިޔާލުކުރުމުގައި އެހީތެރިވުމާއި، މުޖްތަމަޢުއަށް ނުކުތުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ނަފްސާނީގޮތުން ކުދިން ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ވަޒީފާއަށް އެދޭ ސިޓީ.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީ.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ތަކުގެ ސެޓްފިކެޓްގެ ކޮޕީ.

ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 7 ފެބްރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ހުޅުމާލޭގެ "ފިޔަވަތި" (ކަނީރުމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ހުޅުމާލޭގެ "ފިޔަވަތި" ގައެވެ.

 

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ، އަދި ޝިފްޓް އުސޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް

- ކުދިންގެ އުމުރާ ގުޅޭ ގޮތުން ކިޔަވައި ދިނުމަށް ލިބިފައިވާ ފަންނީ ހުނަރުވެރިކަން

- ލިބިފައިވާ ތަޖްރިބާއާއި ހުނަރު

- ކުދިންގެ ޢުމުރާގުޅޭ ގޮތަށް މުޢާމަލާތްކުރުމުގެ ޤާބިލްކަން

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027606 ނަންބަރު ފޯނަށެވެ.

 

 

23 ޖުމާދަލްއޫލާ 1440ހ

29 ޖެނުއަރީ 2019މ

 

29 ޖަނަވަރީ 2019