ދިވެހިރާއްޖެ
މި އިޢުލާންވަނީ 05 ފެބުރުވަރީ 2019 10:32 ގައި ބާތިލް ކުރެވިފައެވެ.
މި ސްކޫލްގެ 2019 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން ( އެގްރިމެންޓު ކުރާ ތާރީޚުން ފެށިގެން 2019 ގެ ނިޔަލަށް )
މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ވުމާއެކު، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، މި ސްކޫލްއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއްވެސް ހުށަހަޅުއްވަންވާނެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާ ފަރާތްތަކަށާއި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށްއަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.
1- ިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 ޖެނުއަރީ 28 އިން 2019 ޖެނުއަރީ 30 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
2- މި ޕޮރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2019 ޖެނުއަރީ 30 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
3- މި ޕޮރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖެނުއަރީ 31 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މަދަރުސާގެ އޮފީހުގައެވެ.
4- ބިޑް ހުޅުވުން އޮންނާނީ 2019 ފެބުރުއަރީ 05 ވާ އަންގާރަ ދުވަހުގެ 11:00 ގައި ދ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.
5- މި ޕޮރޮޖެކްޓާގުޅޭ ބީލަން ފޮތް މި މަދަރުސާއިންނާއި، އީމެއިލްއިން ލިބިލައްވާނެއެވެ.
6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.
ދ.އަތޮޅު މަދަރުސާ
ފޯނު ނަންބަރ: 7952915
އީމެއިލް: [email protected]