މަސައްކަތް
ނަންބަރު: (IUL)13-K/13/2019/25
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 13 ފެބުރުވަރީ 2019 12:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖްލީހުގެ އިދާރާގެ 13 ބުރީގެ ޢިމާރާތަށް ބޭނުންވާ ފަރުނީޗަރާއި ފިޓިންގސް އަދި ޕާރޓިޝަން ސަޕްލައި، ޑެލިވަރ އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

ބީބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެދިލެއްވުމުގެ މަތިން، އެ އިދާރާގެ 13 ބުރީގެ ޢިމާރާތަށް ބޭނުންވާ ފަރުނީޗަރާއި ފިޓިންގސް އަދި ޕާރޓިޝަން ސަޕްލައި، ޑެލިވަރ އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖޭގެ ފަރާތްތަކަށް ހުޅުވާލަމެވެ.

2. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 30 ޖަނަވަރީ 2019 އިން 13 ފެބުރުވަރީ 2019އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00  އަށް މި މިނިސްޓްރީއިންނެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.                                                                

3. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 80,000/-ރ (އަށްޑިހަހާސް ރުފިޔާ(ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 118 ދުވަހެވެ.

4. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 6 ފެބުރުވަރީ 2019ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

5. ބީލަން ހުޅުވުން އޮންނާނީ 14 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349191       3349106

އީ-މެއިލް : [email protected]

ކޮޕީ    : [email protected]

28 ޖަނަވަރީ 2019