ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-PU/22/2019/25
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 21 ފެބުރުވަރީ 2019 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރީ ސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕްރީ ސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

1        ހުޅުމާލޭ ނެއިބާހޫޑް 2 ގައި  އިމާރާތް ކުރެވިފައިވާ މުޙައްމަދު ޤާސިމް ޕްރީސް ކޫލް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2        މި މަސައްކަތާއި ގުޅޭ ބީލަން ފޮތް ވިއްކާނީ 29 ޖަނަވަރީ 2019 އިން ފެށިގެން 05 ފެބަރުއަރީ 2019 ވަނަ ދުވަހަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09.00 ން މެންދުރުފަހު 13.30 އަށް، މި މިނިސްޓްރީގެ ބަޖެޓް ސެކްޝަނުންނެވެ. ބީލަން ފޮތެއްގެ އަގަކީ 150/- (ސަތޭކަ ފަންސާސް) ރުފިޔާއެވެ.

3        މިޕްރޮޖެކްޓާއި ގުޅޭގޮތުން ސައިޓް ވިސިޓިންގެ އޮންނާނީ 2019  ފެބްރުއަރީ 06 ވަނަ ދުވަހުގެ 11:00 އިން 13:00 އަށް ސްކޫލްގައެވެ.

4        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019  ފެބްރުއަރީ 10 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5        ޕްރީބިޑް މީޓިންގ އޮންނާނީ 11 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގްރޫމް 04 (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގައެވެ.

6         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ފެބްރުއަރީ 21 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާ ޕްރޮކިއުމަންޓް ސެކްޝަންގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341403, 3341436

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

 

22 ޖުމާދަލްއޫލާ 1440

28 ޖަނަވަރީ  2019

28 ޖަނަވަރީ 2019