ދިވެހިރާއްޖެ
އިޢުލާން
2019ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިސްކޫލްގެ ނަންބަރު: GS-171/IUL/2018/19 (12 ނޮވެމްބަރ 2018)ގެ އިޢުލާން ގެޒެޓް ނުކުރެވިފައިވާތީ އެޢިއުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
2019 ވަނަ އަހަރު މިސްކޫލްގެގޯތި ތެރެއާއި ޢިމާރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުމަށް ބޭނުންވާތީ މި ސްކޫލުން އަންގާ ގޮތެއްގެ މަތިން ސެކިއުރިޓީ ބަލަހައްޓައި ދެވިދާނޭ ފަރާތްތަކުން 31ޖަނަވަރީ 2019 ވާބުރާސްފަތި ދުވަހުގެ 10:00އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބާއިއެކު ސިޓީ ހުށައެޅުއްވުމަށް އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ. މަގުބޫލް އުޒުރަކާއެކު މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންނެވޭ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާފަރާތުގެ ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ.
އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.