ދިވެހިރާއްޖެ
ނަންބަރު |
ތަފްސީލް |
އަދަދު |
1 |
މަގު ބައްތި ލެޑް 50 ވޯޓް |
80 |
2 |
ބަގީޗާގައި ބަހައްޓާ ސްޓޭންޑް ލައިޓް ކޮމްޕްލީޑް |
9 |
3 |
ޕޭމަންޓް ގައު |
4000 |
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީހިސާބު ހުށަހެޅުއްވުން |
ތަން: ދ. ބަނޑިދޫ ކައުންސިލްގެ އިދާރާގައި |
ތަން: ދ. ބަނޑިދޫ ކައުންސިލްގެ އިދާރާގައި |
3 ފެބްރުއަރީ 2019 ވަނަ ދުވަހު 13:00 |
10 ފެބްރުއަރީ 2019 ވަނަ ދުވަހު 13:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "އިޢުލާން ނަންބަރު: (IUL)/376/376/2019/4 އާއި ގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫނު (18/2014) އަދި (19/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ވިޔަފާރިތައް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރުދުންނަށްށެވެ
ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 10 ޕޮއިންޓް، ތަޖުރިބާއަށް 10 ޕޮއިންޓް އެވެ.
ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، މިފަދަ ތަކެތި ސަޕްލައި ކޮށްދީފައިވާ ރިފަރެންސް ލިޔުންތަކެވެ. ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ/ލިޔުމަކަށް ބަލާފައެވެ.