ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)395-02/395/2019/5
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 06 ފެބުރުވަރީ 2019 13:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

             ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ނުނިމިހުރި މަސައްކަތަ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން، ކުރި މި ކައުންސިލްގެ ނަމްބަރ (IUL)395-02/395/2018/49  (06 ޑިސެމްބަރ 2018) އިޢުލާންނަށް އިޖާބަދެއްވާ، ހުށަހެޅި އަންދާސީ ހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

  ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

         ލެކްރެޑް ޕްރޮޖެކްޓްގެ އެހީލިބިގެން ލ.އިސްދޫ ގައި ޤާއިމް ކޮށްފައިވާ، ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މަސައްކަތް ތަކުގެ ތެރެއިން ،މިހާތަނަށް ނުނިމިހުރި މަސައްކަތްތަށް އަމިއްލަ  ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

        މިސައްކަތްތަށް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުންވުންއެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި،  އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވަން ވާނީ ތިރީގައި މިދަންނަވާ ތާރީޚްތަކުގައެވެ.

 

  • މަޢުލޫމާތު ސާފުކުރުން: 03 ފެބުރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން: 06 ފެބުރުއަރީ 2019 ވާ ބުދަ ދުވަހުގެ  13:00 ގައި

           މަޢުލޫމާތު ސާފުކުރުމަށާއި، އެސްޓިމޭޓް ހުށައެޅުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. ކުންފުނި، ކޯޕަރޭޓިވް، ޖަމްޢިއްޔާ، ޖަމާޢަތްތަކުންނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އެސްޓިމޭޓް ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު، އެ ފަރާތް ހަމަޖެއްސިކަމުގެ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށައަޅަންވާނެއެވެ.

            މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، ގަޑިޖެހިގެން އެސްޓިމޭޓް ހުށައަޅުއްވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްތަކައި އިޢުލާން ކުރީމެވެ.

                        21 ޖުމާދަލްއޫލާ 1440

                         27 ޖެނުއަރީ 2019        

27 ޖަނަވަރީ 2019