މަސައްކަތް
ނަންބަރު: GS101/IUL/2019/16
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 04 ފެބުރުވަރީ 2019 11:00
ނަރުދޫ ސްކޫލް
ދިވެހިރާއްޖެ
ފުރާޅު މަރާމާތުކުރުން

             މިސްކޫލްގެ އިޢުލާން ނަމްބަރު GS101/IUL/2019/10 (16 ޖަނަވަރީ 2019) ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

             އަމިއްލަ ތަކެތީގައި މި ސްކޫލުގެ ބައެއް ކްލާސްރޫމްތަކުގެ ފުރާޅު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީހްގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

               ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން

ނަރުދޫ ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރުން

29 ޖަނަވަރީ 2019ވާ އަންގާރަ ދުވަހު 11:00ގައި

އަންދާސީހިސާބުހުށަހެޅުމާއި ކެނޑުން

04 ފެބުރުއަރީ 2019ވާ ހޯމަ ދުވަހު 11:00ގައި

               މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލްކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތުހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ އެއް ކުންފުނި ނުވަތަ ވިޔަފާރިއެވެ.  މިކަމާގުޅޭގޮތުން އިތުރުމަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6540577ފޯނަށް ގުޅުއްވުން އެދެމެވެ.

               ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ޖަނަވަރީ 2019