ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2019/1
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 11 ފެބުރުވަރީ 2019 13:30
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު

       

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

27 ޖަނަވަރީ 2019

 

 

ކޮމިޝަން ބިއުރޯ

މަޤާމު:

ސީނިއަރ ބިއުރޯ އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

-  މުސާރަ: މަހަކު -/11,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

- ފޯނު އެލަވަންސް: 250/- ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުޠު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ
  2. މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ޙާޞިލުކޮށްފައިވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1-      ކޮމިޝަން ބިއުރޯ  ހިންގުމުގެ މަސައްކަތް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ރާވާ ހިންގުން.

2-      ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅުންހުރި ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

3-      ކޮމިޝަނުގެ ބައްދަލުވުންތަކުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ބައްދަލުވުންތަކުގެ ނިންމުންތައް ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކަށް ޤަވާޢިދުން ފޮނުވުން

4-      ކޮމިޝަނުގެ މެމްބަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

5-      މެމްބަރުންގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމުގައި އެ މައްސައްކަތް ކުރާ މުވައްޒަފަށް/ މުވައްފުންނަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.

6-      ކޮމިޝަން މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ދަތުރުތަކާއި އިވެންޓްތަކުގެ ޕްރޮޓޮކޯލްގެ ކަންތައްތައް ވިލަރެސްކޮށް އިންތިޒާމް ހަމަޖެއްސުމުގައި ޑިޕާރޓްމަންޓުގެ މުވައްޒަފުންނަށް އިރުޝާދުދީ މި މަސައްކަތުގައި އިސްރޯލެއް އަދާ ކުރުން.

7-      ކޮމިޝަނުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކާއި ރަސްމީ ދަތުރުތަކުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.

8-       ކޮމިޝަނުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކާއި ރަސްމީ ދަތުރުތަކުގައި ބޭނުންވާ ސްޕީޗްއާއި ޕްރެސެންޓޭޝަން، ބެކްގްރައުންޑް ޕޭޕަރާއި ކޮންސެޕްޓް ނޯޓްސްއާއި އެ ކަރުދާސްތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކުން ހޯދައި ތައްޔާރުކުރުން

9-      ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރަމުންދާ މިންވަރުގެ މައްޗަށް މަހަކު އެއްފަހަރު ރިޕޯޓެއް އެކުލަވާލާ ސެކްރެޓަރީ ޖެނެރަލްއާ ޙިއްޞާކުރުން

10-  ކޮމިޝަނުގެ އިންޓަރނޭޝަނަލް ރިލޭޝަންސްގެ އެންމެހާ ކަންކަން ވިލަރެސްކޮށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ފޮނުވަން ކަނޑައަޅާ މަޢުލޫމާތުތައް އެ ފަރާތްތަކަށް ޙިއްޞާކުރުން

11-  މީޑިޔާ މޮނިޓަރ ކުރުމުގެ މަސައްކަތްކުރާނެގޮތް ރާވައި ތާވަލުތައް އެކުލަވައިލައި އެ މަސައްކަތްކުރާގޮތް ވިލަރެސްކުރުން

12-  ކޮމިޝަން ބިއުރޯގެ މަސައްކަތްތައް ރާވާ ހިންގުމަށް ބޭނުންވާ އެންމެހާ އުޞޫލްތައް ކާމާގުޅޭ ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅިގެން ކޮމިޝަނުގެ ރައީސްއާއި ސެކްރެޓަރީ ޖެނެރަލްގެ ލަފައާއި އިރުޝާދުގެ ދަށުން ތައްޔާރުކުރުން

13-  އެނުއަލް ވަރކްޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ޑިޕާޓްމަންޓްގެ އެކްޓިވިޓީ ޕްލޭން ތައްޔާރުކޮށް، މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، ހަރަކާތްތަކުގައި ޓައިމްލައިން ކަނޑައަޅާ އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން

14-  ޑިޕާޓްމަންޓް މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޑިޕާޓްމަންޓް މީޓިންގ ހަފްތާއަކު އެއްފަހަރު ބާއްވާ ބައްދަލުވުމުގެ މިނިޓްސް ސެކްރެޓާރީ ޖެނެރަލް އަދި މެމްބަރުންނާ ޙިއްޞާ ކުރުން

15-  ކުރިޔަށް އޮންނަ އަހަރަށް ޑިޕާޓްމަންޓްގެ އެނުއަލް ވަރކްޕްލޭން ތައްޔާރުކޮށް ބަޖެޓް ބޭނުންވާ ޙަރަކާތްތަކަށް ބަޖެޓް ހިނގާނެ ވަކިވަކި ކަންކަން ފާހަގަކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްއާ ޙިއްޞާ ކުރުން.

16-  ޑިޕާޓްމަންޓުން ކުރިޔަށް ގެންދާ މަސައްކަތްތައް މޮނިޓަރކޮށް، ރިވިއުކޮށް ބަދަލުގެންނަން ޖެހޭ ކަންކަން ފާހަގަކޮށް، އެބަދަލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން 

17-  ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް މުވައްޒަވުންގެ ޕަރފޯމަންސް ޓާގެޓްސް ކަނޑައަޅައި މިޑް އިޔަރ އަދި އިޔަރ އެންޑް ރިވިއު ހަދައި، ޕަރފޯމަންސް އެޕްރެއިސަލް ތައްޔާރުކުރުމާއި ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުން.

18-  ޑިޕާޓްމަންޓްއަށް އަލަށް ވައްދާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ހިއުމަން ރިސޯސް ޔުނިޓާ ޙިއްޞާ ކުރުން

19-  އެނުއަލް ވަރކްޕްލޭންގައި ހިމެނޭ ހަރަކާތްތަކާއި ޑިޕާޓްމަންޓުން ކުރުމަށް ކޮމިޝަނުން ނިންމާ ކަންކަން ހިނގާ ނުހިނގާ މިންވަރު ދެނެގަނެ، އެގްޒެކެޓިވް ބައްދަލުވުމާއި އެނުއަލް ވަރކްޕްލޭން ރިވިއު ބައްދަލުވުމުގައި ބައިވެރިވެ ހުށަހެޅުން.

20-  ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ޙައިސިއްޔަތުން ބައިވެރިވާން ޖެހޭ ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ޤަވާއިދުން ބައިވެރިވެ، ކުރުމަށް ކަނޑައަޅާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ކުރުން

21-  އެކިއެކި މުނާސަބަތުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ސްޓޭޓްމަންޓްތަކާއި ކާޑު ތައްޔާރުކުރުމުގެ މަސައްކަތް ވިލަރެސް ކުރުން

22-  ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ އިތުރުން އެހެން ޑިޕާޓްމަންޓްތަކާއި މުޅި ކޮމިޝަނުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން

23-  މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން. 

24-  ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

25-   އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

މަޤާމު:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/10,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ
  1. މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ޙާޞިލުކޮށްފައި ވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު

  1. ކޮމިޝަނުގެ ސަރވަރ ބެލެހެއްޓުމާއި ސަރވަރއަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ސަރވަރގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. ކޮމިޝަނުގެ ނެޓްވާރކް ބެލެހެއްޓުމާއި ނެޓްވަރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓުން.
  3. ކޮމިޝަނުގެ ކޮމްޕިއުޓަރުތައް ބެލެހެއްޓުމާއި މަރާމާތުކުރަންޖެހޭ ކޮމްޕިއުޓަރުތައް މަރާމާތުކުރުމާއި ކޮމްޕިއުޓަރުތަކަށް އެންޓި-ވައިރަސް އަޅައި ބެލެހެއްޓުން.
  4. އޮފީހުގެ ޕްރިންޓަރު، ސްކޭނަރ ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
  5. ކޮމިޝަނުގެ ވެބްސައިޓު ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ކޮމިޝަނުގައި ބޭނުންކުރާ ޑޭޓާބޭސްތައް މެނޭޖްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  7. އެން.ސީ.އައި.ޓީއާއި ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވޯރކްގެ އެންމެހާ މަސައްކަތެއް ބެލެހެއްޓުން.
  8. ކޮމިޝަނުގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބެލެހެއްޓުން.
  9. ކޮމިޝަނުގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރތަކާއި ޕްރޮގްރާމްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
  10. ކޮމިޝަނުގެ އޮޓޮމޭޝަނާ ގުޅުންހުރި ކަންކަމުގައި ޑިރެކްޓަރަށް ލަފާދީ އެ ކަންތައްތައް ޙައްލުކުރުމަށް ކުރެވެންހުރި މަސައްކަތް ކުރުން.  
  11. ކޮމިޝަނަށް ބޭނުންވާ އައި.ޓީއާ ގުޅުންހުރި ތަކެތި ފާހަގަކޮށް، އެތަކެތި ލިބެންހުރި ތަންތައް ފާހަގަކޮށް ޑިރެކްޓަރާ ޙިއްޞާކުރުން.
  12. ކޮމިޝަނުގެ ނެރެން ހަމަޖެހިފައިވާ އީ-ނިއުސް ލެޓަރ، އީ-މެގަޒިން، ހޭންޑްއައުޓްސް، ބުކްލެޓްސް ފަދަ ހުރިހާ ސޮފްޓް އަދި ޕްރިންޓް މެޓީރިއަލްސް މި ކޮމިޝަނުގެ އެހެން މުވައްޒަފުންނާ ގުޅިގެން ފަރުމާ ކުރުން.
  13. ކޮމިޝަނުން މާލޭގައި ބާއްވާ ވާރކްޝޮޕްތަކާއި ސެމިނާ ފަދަ ބައްދަލުވުންތައް ފެށުމުގެކުރިން އެތަނުގައި ހަދަންޖެހޭ ކޮމްޕިއުޓަރާއި / ލެޕްޓޮޕާއި ޕްރޮޖެކްޓަރާއި ސައުންޑް ސެޓްއަޕް ހެދުން.
  14. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  1. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

12. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެ ފަދަ އެޓެސްޓްކޮށްފައިވާ ލިޔުން

ސުންގަޑި

11 ފެބުރުވަރީ 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން

އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސް އަދި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމައެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ ތިޔަރީ ޓެސްޓާއި އިންޓަވިއު އޮންނާނީ  ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  7. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  8. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  9. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  10. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  11. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
       

 

27 ޖަނަވަރީ 2019