ދިވެހިރާއްޖެ
އިޢުލާން
މަޤާމް : ސުޕަވައިޒަރ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް
ކޮންޓްރެކްޓްގެ މުއްދަތު: 01 އަހަރު
ބޭނުންވާ ޢަދަދު : 01 (18 އަހަރު ފުރިފައި 55 އަހަރު ނުފުރޭ މީހެއް)
ރޭންކް : އެމް.އެސް 2
އޮފީސް/ އިދާރާ : ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ.
ސެކްޝަން / ޔުނިޓް : މުނިސިޕަލް ސަރވިސް
ވަޒީފާ އަދާ ކުރަންޖެހޭ ތަން : ދ. ކުޑަހުވަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ
ވަޒީފާގެ މަސައްކަތު ވަގުތު:
ހަފްތާއަކު 6 ދުވަހު
ހެނދުނު 07.00 ން 12.00 އަށް – މެންދުރުފަހު 13.00 ން 17.30 އަށް
މަޤާމުގެ ޝަރުޠުތައް:
1- ގްރޭޑް 7 ގެ ފެންވަރަށް ތަކެތި ދަތުމާއެކު، ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެފައި ހުންނަ ތަކެތި ކިޔަން އެނގުން.
2- ކޮމްފިއުޓަރ އިން ޓައިޕްކުރަން އެނގުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާ ވާޖިބްތަކުގެ ޙުލާޞާ.
- ކުޑަހުވަދޫ ކައުންސިލުގެ އިދާރާއިން ހިންގުމަށް ހަމަޖެހިފައިވާ ގޭބިސީތަކުން ކުނިނަގައިދިނުމުގެ ޚިދުމަތް ސުޕަރަވައިޒްކުރުން.
- ކައުންސިލުން ކަނޑައަޅާ ތަންތަނުގެ ކުނި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
- ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ސައިޓަށް ޖަމާވާ ކުނީގެ ބާވަތްތައް މަސައްކަތްތެރިން ބޭނުންކޮށްގެން ބައިބަޔަށް ތަރުތީބުކުރުވުމާއި އަނބުރާ ބޭނުންކުރެވޭ ބާވަތްތަކުގެ ކުނި މެޝިނުގެ އެހީގައި ބަންދުކުރުން.
- ސައިޓަށް ޖަމާވާ ކުނީ ބޭނުންކޮށްގެން ކޮމްޕޯސްޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
- ކުނީގެ ބާވަތްތަކުގެ ތެރެއިން އަންދާލައިގެން ނައްތާލަންޖެހޭ މެޑިކަލްވޭސްޓް ފަދަ ތަކެތި ނައްތާލުމުގެ މަސައްކަތް މަސައްކަތު މީހުން ބޭނުންކޮށްގެން ކުރުވުން.
- ސައިޓުގައި ހުންނަ މެޝިންތަކާއި ވެހިކަލްތައް ދޮވެ، ތެޔޮ ޖަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސއްކަތް މަސައްކަތްތެރިން ލައްވާ ކުރުވުން.
- ކުނިއަންދާ ބެޑްތައް ދުވަހުން ދުވަހަށް ސާފުކޮށް، ބެޑްތައް މަރާމާތުކުރުން.
- ކުޑަހުވަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހައި ކަންކަން ބެލެހެއްޓުން
- އެޑްމިނިސްޓްރޭޓިވް އޮފިސަރ ސަލާމާއި ޗުއްޓީ ނަންގަވާ ޙާލަތް ތަކުގައި އެމަސައްކަތްތައް ކުރުން.
- ކުންޏާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
- އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށް ވުން.
- ކޮމްޕިއުޓަރުން ސިޓީ މެސެޖްފަދަ ތަކެތި ލިޔަން އެނގުން
އިންޓަރވިއު ޕްރެކްޓިކަލްސް އޮންނާނެ ތަނާއި ،މުއްދަތު:
އިންޓަވިޔުއޮންނާނީ 2019 ފެބްރުއަރީ 07 ން ފެށިގެން ރަސްމީ 3 ދުވަހުގެ މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާ ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
2019 ފެބްރުއަރީ 05 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށްއެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމު މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.
އުޖޫރައާއި ޢިނާޔަތް ތައް :
އަސާސީ މުސާރަ: މަހަކު 6295.00 ރުފިޔާ
އެލަވަންސް އޮފީހަށް ނިކުންނަ ކޮންމެ ދުވަހަކަށް -/125
މީގެ އިތުރުންވެސް އިތުރު ގަޑީގައި މަސައްކަތްކުރުވައިފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް
2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. ސިވިލްސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.
ނޯޓު: މި އިޢުލާނުގައި ދެންނެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ. އެކަން ކަށަވަރު ކުރާނީ، އިންޓަރވިއުއަށް އެމީހަކު ޙާޟިރުވާއިރު އެލިޔުންތަކުގެ އަޞްލު ގެނެސް ލިއުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މިއިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚް ޖަހައިގެންނެވެ.
ނޯޓު: މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް 01 އަހަރުދުވަހުގެ މުއްދަތަށް އިތުރުކޮށްދެވޭނެއެވެ.
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522 / 6760667 ނަންބަރު ފޯނާ އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.