ދިވެހިރާއްޖެ
މިރަށު ބަނދަރު ސަރަހައްދުގައި ހުރި ދަތުރުހިޔާ ފިހާރައާއި ގޯތި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރެވުނު ނަމްބަރު 3/2019//269269(IUL) (10 ޖަނަވަރީ 2019) އިޢުލާނާއި ގުޅިގެން ތިން ފަރާތަށްވުރެ މަދުން ކުރިމަތިލާފައިވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.
ވީމާ، ދަތުރު ހިޔާ ފިހާރައާއި ގޯތި ކުއްޔަށް ހިފުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން، 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާ ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެށެވެ.
ދަތުރުހިޔާ ފިހާރައާއި ގޯތި ކުއްޔަށްހިފުމަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުންރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.