ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)380/2019/6
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި:
03 ފެބުރުވަރީ 2019 13:30
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ.މ ރުއްގަޑު ކުއްޔަށް ދިނުމާގުޅޭ
ނަންބަރ:(IUL)380/2019/6
އިޢްލާން
މިރަށު އިރުމަތީ ފަރާތު އަދި ހުޅަނގު ފަރާތުގައި ރ.މ ޖަހާފައި ހުރި ރުއްގަނޑު ކުއްޔަށް ދޫކުރުމާއި ގުޅޭ
މިރަށު އިރުމަތީ ފަރާތު އަދި ހުޅަނގު ފަރާތުގައި ރ.މ ޖަހާފައި ހުރި ރުއްގަނޑު ކައުންސިލުން އެކުލަވާލާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އިތުރު މަޢުލޫމާތު
- މި ރުއްގަނޑު ކުއްޔަށް ދިނުމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ފެބުރުއަރީ 3ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13.30 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
- ބިޑު ހުށަހެޅުން އޮންނާނީ 2019 ފެބުރުއަރީ 14ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13.30 ގައި ކައުންސިލް އިދާރާގައެވެ.
- މި އިޢުލާން އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހޭޅޭނީ، ދަޢުލަތުގެ ކަމާބެހޭ މުޢްސަސާތަކުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނިތަކަށް އެކަންޏެވެ.
- މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ވިޔަފާރިއެއް ނުވަތަ ކުންފުންޏަކަށް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
- ރުއްގަނޑު ޙަވާލުކުރާނެ ފަރާތެއް ކަނޑައޅާނީ، ބިޑް އިވެލުއޭޝަން ކޮމިޓީން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
ރުއްގަނޑު ކުއްޔަށް ހިފުމަށް އަހަރަކަށް ހުށަހަޅާ އަގު |
90% |
ހުށަހަޅާ ވިޔަފާރީގެ ނަމުގައި މިފަދަ މަސައްކަތެއް ކޮށް 1 އަހަރު ދުވަހުގެތަޖުރިބާ ލިބިފައިވާނަމަ |
10% |
އިތުރުމަޢުލޫމާތު، މަޢްލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
18 ޖުމާދަލްއޫލާ 1440
24 ޖެނުއަރީ 2019
24 ޖަނަވަރީ 2019